ކިޔަވަމުންދިޔަ ކޮލެޖްގެ އިމާރާތުގެ މަތިން ފުންމާލައި އަމިއްލައަށް މަރުވާން އުޅުނު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަންހެން ކުއްޖަކު ހަނި ގޮތަކަށް ސަލާމަތް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުއްތަރު ޕްރަދޭޝްގެ ނޮއިޑާގައި ހިނގި މިހާދިސާގައި މި ކުއްޖާ ސަލާމަތް ކުރީ އެ ކޮލެޖުގެ އެހެން ދަރިވަރެކެވެ.

މި އަންހެން ކުއްޖާ އަމިލައަށް މަރުވާން ބޭނުންވި ސަބަބު އަދި ސާފު ނުވާއިރު އޭނާ ސަލާމަތް ކުރި ދަރިވަރަށް މީސް މީޑިއާގައި ތައުރީފް އޮހެމުން އެބަ ދެއެވެ.

އެންމެ މިނެޓެއް ލަސްވި ނަމަވެސް މި އަންހެން ކުއްޖާ ސަލާމަތް ވުމުގެ ޗާންސް ކުޑައިރު މި ހުރިހާ ކަމެއް ފެންނަ ވީޑިއޯއެއް މިހާރު ދަނީ މީސް މީޑިއާގައި ދައުރު ވަމުންނެވެ.

އިންޑިއާގައި އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް ދަނީ ދުވަހެއް ދުވަހަކަށް މައްޗަށެވެ.