އިދިކޮޅު ކެނޑިޑޭޓުންނަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމުގެ ސަބަބުން ރަޝިއާގެ ވެރިރަށް މޮސްކޯގައި އިއްޔެ ކުރި މުޒާހަރާގައި 800 ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

ގާނޫނާ ޚިލާފު މުޒާހަރާތައް ހިންގާކަމަށް ބުނެ މައި އިދިކޮޅު ޕާޓީގެ ލީޑަރު އެލްކްސީ ނަވަލްނީ ވަނީ 30 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ބާއްވާ ކައުންސިލްގެ ބައި އިލެކްޝަންގައި އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ އިންތިޚާބު ބޭއްވުމަަށް ރަޝިއާގެ ވެރިކަން ކުރާ އޯލް ރަޝިއާ ޕީޕަލް ފޮޮރޮންޓުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓުން ސަރުކާރުގެ އެ އަމަލު ކުށްވެރިކޮށް ވިދާޅުވީ، އިދިކޮޅަށް ފުރުސަތު ނުދީ އިންތިޚާބު ބާއްވާނީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށެވެ.

އިއްޔެ ކުރިއަށް ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ރަބަރު އުންޑައިގެ ބޭނުންކޮށްފަ އެވެ. މުޒާހަރާތެރެއިން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން 800އަށް ވުރެން ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

ނަމަވެސް މުޒާހަރާ މޮނިޓާ ކުރަމުންދާ ޖަމިއްޔާތަކުން ބުނެފައިވަނީ، އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން މުޒާހަރާކުރަމުންދިޔަ 100 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މޮސްކޯ ސީޓީގެ މޭޔަރު ސާޖީ ސޮބިޔާނީ ވިދާޅުވީ، މޮސްކޯގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ސަލާމަތަށް ނުރައްކާ އެބައޮތް ކަމަށެވެ. އެހެންކަމުން މުޒާހަރާތަށް ހުއްޓުވާ އަމާން މާހައުލެއް ގާއިމްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމުން، އިދިކޮޅު ސިޔާސީ ލިޑަރުން ވިދާޅުވަމުން ގެންދަވަނީ، ދުނިޔެއަށް މިހާރު ރަޝިއާގެ ހާލަތު އޮތްގޮތް އެނގިގެން ހިގައްޖެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަޢީމު

    ޤަވްމެއް ރަގަޅަށް ހިނގަހިނގާއޮއްވާ ޤަވްމުގެ ވެރިޔާއަށް ނޫނެކޭބުނެ އެހެން މީހަކު ވެރިކަމަށް ގެނައިމާ ވާނޭ ގޮތް ދިވެހިރާއްޖެއިން މިދަނީ ފެންނަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިންއަކީ ސިޔާސީގޮތުން ހަރުދަނާ ޤާބިލް ވެރިއެކެވެ. ޕޫޓިންގެ ވެރިކަމުގައި ރަޝިޔާ ދަނީ ކުރިޔަށެވެ. ފަހަތަށް ދާނަމަ އެހެން ވެރިޔަކު ގެންނަންވީއެވެ.

    5
    3