އަނެއްކާވެސް އެމެރިކާގައި ބަޑިޖަހައި އެތައް ބަޔަކު މަރާލައިފި އެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އެމެރިކާގެ އޮހިއޯ ސް ސްޓޭޓްގެ ޑައުންޓައުންގައި ކާކުކަން ނޭނގޭ މީހަކު އާންމުގެ ތެރެއަށް ބަޑިޖަހައި 9 މީހުން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މަރާލާފައެވެ.

މި ހަމަލާގައި އެތައް ބަޔަކު ވަނީ ޒަހަމު ވެފައެވެ.

މި ހަމަލާދިން މީހާ އެވަގުތު އެސަރަހައްދުގައި ހަރަކާރްތެރިވި ފުލުހުން ވަނީ ބަޑި ޖަހައި މަރާލާފައެވެ. އޮހިއޯ ސް ސްޓޭޓްގެ ޑައުންޓައުންގައި ބަޑީގެ ހަމަލާތަކެއް ދީ އެތައް ބަޔަކު މަރާލާފައި މިވަނީ ރޭގެ ވަގުތެއްގައި އެމެރިކާގެ ޓެކްސަސްގެ ޝޮޕިން މޯލް އަކަށް ބަޑީގެ ހަމަލާއެއް ދީ 20 މީހުން މަރާލާފައި ވަނިކޮށެވެ.

އޮހިއޯ ސްޓޭޓްގެ ޑައުންޓައުންގައި މި ހަމަލާ ދިނީ ގިނަ އަދަދެއްގެ ރެސްޓޯރެންޓް އަދި ކޭފޭތަކާއި ވިޔަފާރިތަށް ހިމެނޭ ކާރުބާރު ބޮޑު ސަރަހައްދެއްގައެވެ.

މިއީ މިދިޔަ ދެ ހަފްތާ ތެރޭ އެމެރިކާ ގައި ދިން މިފަދަ ހަތަރު ވަނަ ހަމަލާއެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު އެމެރިކާގެ ނިއުޔޯކު ސިޓީގައި މީހުން އެއްވެ ތިބި ޕާޓީއަކަށް އަމާޒު ކޮށް ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރުވެ އެތަށް ބަޔަކު ޒަހަމުވިއެވެ. އަދި އޭގެ ފަހުން ކެލިފޯނިއާގައި ވެސް ވަނީ މީހުން އެއްވެފައި ހުރި ސަރަހައްދަކަށް ބަޑީގެ ހަމަލާތަކެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަސަން

    ދޯ.....ސުރުހީ އެކަނި ޖަހާލާ ނަމައެއްނު

  2. Anonymous

    والحمدلله، مرحبا

    8
    9
    • މޮޔައެނޮނިމަސް

      މީހުން މަރުވީމާ އުފާ ވާނީ ސައިކޯއިން.ހަމަ ރަނގަޅައް ވެސް މި ވައްހާބީ އަކީ ސައިކޯ ގޮލައެއް

      7
      13
      • އުޙްތީ

        ކަލޭ އަށް ކިހިނެއް އިނގުނީ އެއީ ވައްހާބީ އެއްކަން

      • Anonymous

        ކާފަރުން މަރުވީމަ އުފާކުރާނީ ސައިކޯ މުރުތައްދުން

        3
        4
      • Anonymous

        ކާފަރުން މަރުވީމަ ހިތާމަ ކުރާނީ ސައިކޯ މުރުތައްދުން

        3
        2
        • މޮޔައެނޮނިމަސް

          ކަލެޔަށް ޔަގީންތަ ކަލޭ ތީ އޭގެ މީހެއް ނޫން ކަން

          2
          2
  3. އަލްމާޓާ

    އަނެއްކާ އެމެރިކާގެ ހައްޔަރުގައި ތިބި އައި އެސް މީހުން ޔޫރަޕަށް ދޫކޮށްލަން އުޅެނިކޮށް އޮޅިގެން ޓަރަމްޕަށް އެކުދިން އެމެރިކާއަށް ދޫކޮށްލެވުނީބާ.

    11
    2
  4. Anonymous

    އަލްހަމްދުލިﷲ.

    4
    1
    • މޮޔައެނޮނިމަސް

      ހާބީ އައިސިސް ސައިކޯ އެއް މީ

      1
      3
    • މޮޔައެނޮނިމަސް

      ކަލޭ ހިޖުރަ ކޮށްލަބަލަ ސައުދީއަށް.ޔަގީން ނާރަވުނާކަން ސައިކޯއެއްވީމާ

      1
      3