ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުން މޮނިޓަރ ކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި ބިންހެލުން އައީ މެގްނެޓިއުޓް 6.4 ގެ ބާރުމިނުގައި ޖަޕާނުގެ އުތުރު އިރުން ހޮންޝޫގެ ކައިރިން ބިމުގެ 38 ކިލޯމޯޓަރު އަޑިއަށެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު އަދި ދީފައެއް ނުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން އެއްވެސް ތަނަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވަައިރު ދުނިޔޭ އެކި ހިސާބުތަކަށް މި ހަފްތާގައި ދަނީ އެކި ވަރުގެ ބިންހެލުތަށް އާދަޔާ ހިލާފަށް ގިނައިން އަންނަމުންނެވެ.

2011 ވަނަ އަހަރު މޭ މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް 8.9 ގެ ބާރުމިނުގައި އައި ވަރުގަދަ ބިންހެލުމާ އެކު އުފެދުނު ސުނާމީގެ ސަބަބުން، އެ ޤައުމަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވެފައި ނުވާ ވަރުގެ ޤުދުރަތީ މުސީބާތެއް ވަނީ ކުރިމަތިވެފައެވެ.

ބިންހެލުމާ ގުޅިގެން އައި ސުނާމީގެ ބިޔަ ރާޅުތަކުގައި ޖަޕާނުގެ އެތައް ޝަހަރަކާއި އެތައް އަވަށެއް ސުންނާފަތި ވިއިރު މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24000 އަށް ވުރެން މަތިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު