ދުނިޔޭގެ އެންމެ ބަރާބަރު ވަޒީރު ކަމަށް އިންޑޮނޭޝިއާގެ އަންހެން ވަޒީރަކު ހޮވިއްޖެއެވެ.

މި މަގާމަށް ހޮވި ވަޑައިގެންފައިވަނީ އިންޑޮނޭޝިއާގެ މާލީ ވަޒީރު މުލައާނީ އިންޑްރަވަތީއެވެ. ދުބާއީގައި ބޭއްވި ވޯލްޑް ގަވަމެންޓް ސަމިޓް ގައި މި ލަގަބް އިންޑޮނޭޝިއާގެ މާލީ ވަޒީރު މުލައާނީ އިންޑްރަވަތީ އަށް އަރުވާފައި ވަނީ އޫއޭއީގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމުއެވެ.

މި ލަގަބް އިންޑޮނޭޝިއާގެ މާލީ ވަޒީރު މުލައާނީ އިންޑްރަވަތީ އަށް ދިން ކޮމެޓީން ބުނެފައިވަނީ މުލައާނީ އިންޑްރަވަތީ ގެ މާލީ ވަޒީރު ކަމުގައި އިންޑޮނޭޝިއާ އިން ފަގީރު ކަން ބޮޑު ތަނުން ކުޑަ ކުރެވި ދިރިއުޅުމުގެ އާންމު ހާލަތު ރަނގަޅުވެ، މާލީ ސިޔާސަތު ދެފުއް ފެންނަ ކަމަށެވެ.

އިންޑޮނޭޝިއާގެ މާލީ ވަޒީރު މުލައާނީ އިންޑްރަވަތީ ވަނީ އޭނާ ކޮރަޕްޝަން ނައްތާލުމަށް ކުރާ މައްސަކަތް ބަލައިގަނެ އެތައްބައެއްގެ ތައުރީފް ލިބިފައެވެ.

2005 ކުން ފެށިގެން 2010 ވަނަ އަހަރާ ހަމަޔަށް އަދި މިހާރުވެސް މާލީ ވަޒީރު ކަމުގެ މައްސޫލިއަތު އަދާ ކުރައްވަމުން ގެންދަވާ މުލައާނީ އިންޑްރަވަތީ އަކީ ވޯލްޑް ބޭންކްގެ ކުރީގެ މެނޭޖިން ޑައިރެއްކްޓަރެވެ.

މިދިޔަ އަހަރު މި ލަގަބް ލިބިފައިވަނީ ސެނެގަލްގެ ސޯޝިއަލް އެންޑް ހެލްތު މިނިސްޓަރ އަވާ މަރީ ކޯލް އަށެވެ. އަދި 2016 ވަނަ އަހަރު މި ލަގަބު ލިބުނީ އޮސްޓްރޭލީއާގެ ތިމާވެއްޓާ ބެހޭ ވަޒީރު ގްރެގް ހަންޓް އަށެވެ.