މިސްރުގެ ވެރިކަންކުރާ ގާހިރާގައި ދިން ބޮމުގެ ހަމަލާއެއްގައި ގިނަ ބަޔަކު މަރާލައިފިއެވެ.

ޚަބަރުތައް ބުނާގޮތުގައި މި ހަމަލާތައް ދީފައިވަނީ ގާހިރާގެ މެދުތެރޭގެ އަވަށެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ހަމަލާގައި 19 މީހަކު މިހާތަނަށް މަރުވެފައިވާކަމަށް މިސްރުގެ ސިއްޙީ ވުޒާރާއިން ކަށަވަރުކޮށްދީފައިވާއިރު، ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 30 އަށް އަރާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިއީ ޖަމާޢަތަކުން ދިން ނިރުބަވެރި ހަމަލާއެއް ކަމެއް އެނގިފައިނުވާއިރު، އަދި އެއްވެސް ނިރުބަވެރި ޖަމާޢަތަކުން މިހާތަނަށް ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. މި ހަމަލާ ދީފައިވަނީ ގާހިރާގެ ކާރުބާރު ބޮޑު މަގަކުން ދުއްވާފައި ދިޔަ ކާރެއް ގޮއްވާލައިގެންނެވެ. އެ ކާރު ގޮވާފައި ވަނީ އިތުރު ދެ ކާރެއްގައި ވެސް ޖެހި އެކްސިޑެންޓެއް ހިނގާފައި ވަނިކޮށެވެ.

މި ހަމަލާއާއެކު ޒަޚަމްވި މީހުންނަށް އެ ސަރަޙައްދުގައި ހުރި ނޭޝަނަލް ކެންސާ އިންސްޓިޓިއުޓުން ވަގުތުން ފަރުވާ ދީފައިވާއިރު، އޭގެތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

މި ހަމަލާގެ ތަހުޤީޤެއް މިހާރު މިސްރުގެ އިދާރާތަކުން ވަނީ ފަށާފައެވެ. ނަމަވެސް ހަމަލާ އާއި ބެހޭގޮތުން އަދި ރަސްމީ ފަރާތަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔައެނޮނިމަސް

    އިޒްރޭލުން ކުރި ކަމަކަށް ވާނީ .މުސްލިމުން ނުކުރާނެ ތިކަހަލަ ކަމެއް

    2
    4
  2. މޮޔައެނޮނިމަސް

    މުސްލިމުން ދަންނ ކަމެއް ނޫން ތީ

    1
    2