ޕެސިފިކް ކަނޑަށް އެމެރިކާގެ އައްސޭރިފަށަށް ގިނި ހިލައެއް ވެއްޓިދާނެ ކަމުގެ އިންޒާރު ސައިންވެރިން ދީފިއެވެ.
"އަޕޯސިސް 99942" ގެ ނަމުން ނަންދީފައިވާ މި ގިނި ހިލައިގެ ނުރައްކާ ސިފަކުރަމުން ސައިންވެރިން ބުނީ މި ގިނި ހިލަ 2029 ވަނަ އަހަރު ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އަދި ގިނި ހިލަ ވެއްޓި ޖެހޭނެ ކަމަށް ބަލަނީ އުތުރު އެމެރިކާގެ އައްސޭރިފަށުގައި ކަމަށެވެ.
370 މީޓަރު ހުރި މި ގިނި ހިލައިގެ ނުރައްކަލެއް ދުނިޔެއަށް އެންމެ ފަހުން ކުރިމަތިވީ 2004 ވަނަ އަހަރުގައެވެ. އެއީ މި ގިނި ހިލަ ދުނިޔެ ކައިރިން ދަތުރު ކުރި ހިސާބުންނެވެ.
ސައިންވެރިން ބުނީ މި ގިނި ހިލަ އުތުރު އެމެރިކާގެ އައްސޭރި ފަށަށް ނުވަތަ ޕެސިފިކް ކަނޑަށް ވެއްޓިއްޖެ ނަމަ މުޅި އެމެރިކާ ދުނިޔޭގެ ޗާޓުން ފޮހެލާނެއެވެ.
ޖައްވުން ދަތުރުކުރާ ކުދި ކުދި ގިނިހިލަ ދުނިޔޭގައި ޖެހުމަކީ އާންމު ކަމެކެވެ. މީގެ ތެރެއިން ގިނަ ގިނިހިލަ ދުނިޔޭގެ ބިމުގައި ޖެހުމުގެ ކުރިން އަނދައި އަޅިއަށް ވެއެވެ. ނަމަވެސް ކޮންމެ ދިހަ އަހަރަކުން އެއް އަހަރު ބޮޑު ގިނިހިލައެއް ދުނިޔޭގައި ޖެހެއެވެ.
އެގޮތުން 2013 ވަނަ އަހަރު 20 މީޓަރު ގިނިހިލައެއް ވަނީ ރަޝިއާގެ ޗެލްތަބިންސްކް ސިޓީއާ ދިމާލުން ދުނިޔޭގެ ތެރެއަށް ވަދެފައެވެ. އެފަހަރު ބޮޑު ގޮވުމެއް ވަނީ ގޮވާފަ އެވެ.
މި ހާދިސާއާ ގުޅިގެން ކުރި ދިރާސާތަކުން ދެއްކިގޮތުގައި މި ގިނިހިލަ ގޮވުމުގެ ސަބަބުން، ހިރޯޝިމާއަށް އެޅި ނިއުކުލިއާ ބޮމަށް ވުރެ 30 ގުނަ އިތުރަށް ހަކަތަ ވަނީ ބޭރުވެފައެވެ. މި ގޮވުމާ ގުޅިގެން 1500 އެއްހާ މީހުނަށް ވަނީ ސިއްހީ ފަރުވާ ދީފައެވެ.
ތީ އަހަރަމެން ފޮނުވި ގިނި ހިލަޔެއް.