ކަޝްމީރުގެ އިންޑިއާ ފަޅި ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާއިން ނިންމި ނިންމުމާއި ގުޅިގެން އިންޑިއާއި އެކު ހުރިހާ އިންތަކެއް ހުރަސް ކުރާނެ ހަނގުރާމައަކަށް ތައްޔާރު ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުން މިހާތަނަށް ވަނީ ދެ ހަނގުރާމައެއް ކޮށްފަ އެވެ.

ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓުތަކާ ދެމެދުގައި އޮންނަ ތަފާތުތަކަށް ބާރު ލިބޭ، ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލެއްވިކަން އިންޑިއާއިން ވަނީ އިއުލާން ކޮށްފައެވެ.

އިންޑިއާގެ މި ނިންމުމާ ގުޅިގެން ޖައްމޫ އެންޑް ކަޝްމީރުގައި ހަމަނުޖެހުން އުފެދި އިންސާނީ ހައްގުތަކަށް ނުރައްކާވާ ހިސާބަށް މައްސަލަ ގޯސްވެފައިވާ އިރު ބޮޑު ވަޒީރު އިމްރާން ވިދާޅުވީ ޕާކިސްތާނުގެ ސިފައިން ތިބީ ކަޝްމީރުގެ ރައްޔިތުންނާއެކު ކަމަށާއި ހުރިހާ އިންތަކެއް ހުރަސް ކުރަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.

ކަޝްމީރުގެ މިލްކުވެރިކަމާއި މެދު ޒަމާނުއްސުރެ އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮންނަނީ އަރައިރުން އުފެދިފައެވެ. މިހާރު އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މުޅި ކަޝްމީރު އިންޑިއާގެ ބާރުގެ ދަށަށް ގެނެސް އެސަރަހައްދުން މުސްލިމުން ފައްސާލުމަށެެވެ.

ކަޝްމީރުގައި ހިންދޫން އާބާދު ކުރަން އިންޑިއާ ސަރުކާރުން ނިންމާފައި ވާއިރު މިއީ މުސްލިމުންގެ ބިންތައް ފޭރިގަންނަން އިސްރާއީލުން ފަލަސްތީންގެ ހުޅަނގު އައްސޭރީގައިވެސް ގެންގުޅޭ ސިޔާސަތެވެ.

އިސްރާއީލުން ވަނީ ދުނިޔޭގެ އެކި ގައުމުތަކުން ޔަހޫދީން ގެންގޮސް ފަލަސްތީންގެ ބިމުގައި އެމީހުން އާބާދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢަންނި

    މަގޭ %100 ތާއީދު އިމްރާނަށް..

    100
    1
  2. ދުނިޔެ

    ތިފަދަ ލީޑަރުން ގައުމުތަކުގއި ނެތީ މިހާރު..

    80
    1
  3. މޯދީ

    މަވެސް ތާއީދުކުރަނީ އިމްރާނަށް.

    79
    1
  4. ޑަންޑަހެލު

    ސާބަސް. ޕާކިސްތާނުގެ ރައްޔިތަކަށް ވި ނަމަ ދީނަށްޓަކާ ތި ހަނގުރާމައިގަވެސް ބައިވެރި ވީމްސް

    68
    2
    • ގަމާރުމޯލްޑިވިއަން

      ދީނަށް ޓަކާ މީހުން ހަނގުރާމަ ކުރޭތަ.މަ ހަމަ ހައިރާން

      1
      28
      • ހުސައިން

        އިސްލާމީ ތާރީހުގައި ފެނުނު ފުރަތަމަ ހަނގުރާމަ އަދި މާތް ނަބިއްޔާ ކުރެއްވި ހުރިހައި ހަނގުރާމައަކީ ވެސް ﷲ ގެ ދީނަށް ނަސްރު ދިނުމަށް ކުރެއްވި ހަނގުރާމަތަކެއް. އިސްލާމް ދީނާއި ވަތަނުގެ ހައްގުގައި ހަނގުރާމަ ކޮށްފައިވާ ތަން ތާރީހު ތަކުން އެހުރީ ފެންނާކަށް ނޫންތޯ ؟

        19
        1
      • ޖާހިލު މީހާ

        ދީނަށްޓަކާ ހަނގުރާމަ ކުރާކަން ނޭގޭތަ.. ކިޔެވުން ރަނގަޅު

        21
  5. މަހޭޝް

    ސާބަހޭ ބޮޑުވަޒީރު މަވެސް ތާޢީދު

    65
    2
  6. އަހްމަދު

    ސާބަސްބޭޓާ! ދޫނުދޭތި.

    52
    1
  7. ހުސެން

    ދިވެހިން މިތިބީ މަނިކުފާނުގެ ފަހަތްޕުޅުގައި .ލާދީނީ ދިވެހިން ތިބީ އިންޑީޔާ ކޮޅަށް އަރާ

    47
    2
  8. ރައްޔިތުންނޭ ހޭލާ

    ސާބަހޭ އިމްރާން ހާންގެ ސަރުކާރަށް. ރާއްޖެއިން ޢިބްރަތް ލިބިގަނެ އިންޑިއާ އާއި މެދު ވަރަށް ސަމާލުވާންޖެހޭ ކަމެއް.

    30
    • ޙަސަންބެ

      ރާއްޖެއިން އިބުރަތެނޫން އެހެންއެއްޗެއް ލިބިގަންނާނީ. މިހާރުވެސް މިއޮއްގެންޖެހެނީ ބޮޑުތަނާ، މުސްލިމުންނާ އިދިކޮޅަށް އިންޑިއާއިން އަޅާ ހަރުކަށި ފިޔަވަޅުތަކާ އެއްކޮޅަށް މި ލާދީނީ ސަރުކާރުން އެއްބާރުލުންދީ ބަޔާންނެރި އިންޑިޔާގެ ހިންދޫންނާ އެއްކޮޅަށް ވާހަކަ ދައްކާތަން މިއޮށްގެންފެންނަންފެށީ، ދެން ފެނިގެންދާނީ ރާއްޖޭގައި ދިރިއުޅޭ ހިންދީ މީހުންނަށް ހަމައަހުރެމެން ފަދަ ދިވެހި މިބިމަށް އުފަންދިވެހިންނެކޭ އެއްފަދައިން ކާފަރު ހިންދީދީނުގެ މީހުންނަށް ދިވެހިރާއްޖޭގެ ރަށްވެހިކަންދޭތަން. އޭގެފަހުން އަހަރެމެން ދެން މިގައުމަށް ކިޔާނީ ހިންދީރާއްޖެ. އިސްލާމްދީން ދެކެ ލޯބިވާ ދިވެހިރައްޔިތުން މިކަމަށް ސަމާލުވެ ތިބުމަށް ދަންނަވަން.

      20
  9. ބިލްގޭޑް

    އަހަރެންވެސް އިންޑިއާ އާ ދެކޮޅައް ހަގުރާމައައް ދާނަން...

    17
  10. ވާނެ

    އިންޑިޔާ ދޮވެލަންވާނެ މިފަހަރު. ދުއާ ވަނީ ޕާކިސްތާނާއިއެކު

    13