ކަޝްމީރުގައި ބަލި މީހުން ހޮސްޕިޓަލަށް ގެންދާ މީހުންނަށް އިންޑިއާ ސިފައިން އަނިޔާ ކުރަމުންދާ ކަމަށް ކަޝްމީރުގެ މީހުންނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނެފިއެވެ.

އަލްޖަޒީރާއާއި ވާހަކަ ދެއްކި ކަޝްމީރުގެ އެންބިއުލާންސް ޑްރައިވަރެއް ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އޭނާއަށް އޭނާގެ އަބި ދަރިންނާއި ވާހަކަ ދެއްކޭ ގޮތް ނުވާ ކަމަށާއި ކަޝްމީރުގައި މަގުތަށް ބަންދުކޮށް ކާފިއު ހިންގާފައިވާތީ މަގުމަތިން ފެންނަނީ ހުސް ޗެކް ޕޮއިންޓްތަކާއި ސިފައިން ކަމަށެވެ.

"މަގުމަތީގައި އަނިޔާ ކޮށްފައި ތިބި މީހުންނަށް އެހީވާން އުޅުމުން އަހަރެންގެ ގައިގަވެސް ތަޅާ ސިފައިން އަނިޔާ ކުރި މި ގޮންޖެހުންތަކާއި އެކުވެސް އަހަރެން މިދަނީ ބަލި މީހުން ހޮސްޕިޓަލް ތަކަށް ގެންދެވޭތޯ މައްސަކަތް ކުރަމުން " ގުލާމް މުހައްމަދު ބުންޏެވެ.

މީގެއިތުރުން ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދާން މައްސަކަތް ކުރި ދަޑުވެރިއެއްކަމަށްވާ އުމުރުން 73 މުހައްމަދު ރެޝީ ބުނީ ހޮސްލިޓަލްތަކާއި ހަމައަށް ދާން ވެސް އެތަކެއް ޗެކް ޕޮއިންޓްތަކުން ހުރަސްއަޅާ ކަމަށެވެ.

ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން ހަމަނުޖެހުން ހިނގާފާނެތީ އިންޑިއާ ސިފައިން ކަޝްމީރުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ކަޝްމީރުގެ ގިނަ ރައްޔިތުން ދަނީ އިންޑިއާގެ ސިފައިން އެމީހުންނަށް އަނިޔާވެރިވަމުންދާ ކަމަށް ބުނަމުންނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގައި ވާހަކަދައްކަވަމުން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ، އެގައުމުގެ ރައީސް ރާމް ނާތު ކޯވިންދު ީ، ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓުތަކާ ދެމެދުގައި އޮންނަ ތަފާތުތަކަށް ބާރު ލިބޭ، ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލެއްވިކަން އިއުލާނުކުރައްވާފައެވެ.

މިއާއެކު ޖައްމޫ އެންޑް ކަޝްމީރުގެ ނަމުގައި މިހާރު އޮތް ސްޓޭޓު އުވާލައި، އެ ސްޓޭޓު ދެ ޔޫނިއަން ޓެރިޓަރީއަށް ބައިކުރުމުގެ ގަރާރެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވިއެވެ. އެއީ "ޖައްމޫ އެންޑް ކަޝްމީރު"ގެ އިތުރުން "ލަޑާކް"އެވެ.