ކަޝްމީރުގެ މައްސަލާގައި އިންޑިއާގެ ނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން ޕާކިސްތާނުގައި ހުންނަވާ އިންޑިއާގެ ސަފީރު އެ ގައުމުން ފައިބަން އަންގައިފިއެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ދެންމެ ގައުމާއި މުހާތަބު ކުރައްވަމުން ވިދާޅުވީ، ދިއްލީގައި ހުންނެވި ޕާކިސްތާނުގެ ސަފީރުވެސް އަނބުރާ ގައުމަށް ގެންނަން ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ސަފީރުވެސް އަނބުރާ ގެންނާން އަދި އެ މީހުން (އިންޑިއާގެ ސަފީރު) އެނބުރި ގައުމަށް ފޮނުވާލާނަން"، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދް ގުރޭޝް ވިދާޅުވިއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެގެން އުޅެނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރުގެ ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އިންޑިއާގެ ޤާނޫނު އަސާސީގައި ކަޝްމީރަށް ވަކި ގާނޫނުއަސާސީއަކާއި ދިދައެއް އަދި ވަކި ގާނޫނުތަކެއް ހެދުމުގެ އިހްތިޔާރު ދީފައިއޮވެއެވެ. ނަމަވެސް ޚާރިޖީ ގުޅުންތަކާއި ދިފާއީ ކަންކަމާއި މުއާސަލާތީ ހިދުމަތް ފަދަ ކަންކަން އޮންނަނީ މައި ސަރުކާރުގެ ކޮންޓްރޯލްގަ އެވެ.

ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.

މިބަދަލާއި ކަޝްމީރުގެ މުސްލިމުން ގެންދަނީ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެޖެންޑާ19

    ރާއްޖެއިން ޕާކިސްތާނުގެ ސަފީރުވެސް ފައިބަން އަންގައިފި.

    7
    29
  2. ޓަގުބެ (އަދީބުރޯ)

    ސޭހުންނޭވެ، ލާދީނީ ކިޔަނީ އިސްލާމްދީނަށް ނަސްރު ނުދީ އިސްލާމުންނަށް ދެރަގޮތް ވުމަށް އަމަލާއި ބަހުން އަތުކުރިއޮޅާގެން ތިބެ މުސްލިމުންނާއި ހިތް ހެޔޮނުކުރާ މީހުން ނޫންތޯ؟ މުސްލިމުންނަކީ އަހުންތަކެއް؟ ވީއިރު އިންޑިޔާ މުސްލިމުންނަށް ދެރަގޮތް އެދޭނީ ލާދީނީ މީހުން ނޫންތޯ؟ އެހެންވީމާ މިސަރުކާރު ލާދީނީ، އަދި އެމްޑީޕީ ލާދީނީ ނުވެ ސަލާމަތް ވާނެތޯ؟ ދެން އަތްޖަހާ

    54
    1
    • ކާފަގ

      އެމްޑީޕީއަށް އޮންނަނީ ލާދީނީއެއްނޫން. ލާރިދީނީ. ލާރިދީނީގަ ވާގޮތަކީ އެއްޗެއް ދޭން ބުނާ ކޮންމެ ބަޔަކު ބުނާހާގޮތެއް ހަދާލާނެ

  3. ާރަސީދު

    އަޅުގަނޑުވެސް ޕާކިސްތާންއާއެކު

    69
    1
  4. މިއަދު

    އެސަފީރުގެނަސް ރާއްޖޭގައި ބަހައްޓާ މިއީވެސް އިންޑިޔާގެ އަވަށެއް އެކަމަކު މިވެރިކަން ނިމެންދެން

    23
    1
  5. ބުރުގާ

    ރަގަޅު. އިންޑިޔާއާ ޕާކިސްތާނު ގަދަޔައް ހަނގުރާމަކޮއްގެން މޮޅުވާބަޔަކައް ޖައްމޫ ކަޝްމީރު ލިބެންޖެހޭނީ. ދިވެހި ރާއްޖެއަކީ މިހާރު ސެކޫލާ ގައުމަކައްވީތީ ރާއްޖެ އިންޑިޔާކޮޅައް ޖެހެނީ.

    17
    2
  6. ރާއްޖެތެރެ

    އިންޑިޔާގެ ނުލަފާކަން ދިވެހިންނަ ނޭގެނީތަ. ހިސާބައްވުރެ ގަމާރީ

    19