ނިކަރޭގުއާގެ އެމްބަސީއެއް، އިސްރާއީލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގައި ހުޅުވަން ނިންމާފައިވާ ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދު އަލް މާލިކީ ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ވަފާ ނިސްއުސް އެޖެންސީން ރިޕޯޓް ކުރާގޮތުގައި ނިކަރެގުއާއިން މިހާރު ވަނީ ފަލަސްތީނަށް ސަފީރަކުވެސް ކަނޑައަޅާފައެވެ.

ފާއިތުވެދިޔަ މަސްތަކުގައި ގިނަ ޔޫރަޕްގެ ގައުމުތަކުގައި ދަނީ ފަލަަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަމުންނެވެ.

ނަމަވެސް އެމރިކާއިން ވަނީ އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބަސީ ގުދުސަށް ބަދަލުކޮށްފައެވެ.

އިސްރާއީލުގެ އެމްބަސީ ބަދަލުކުރުމުގެ މައްސަލައިގައި އޮސްޓްރޭލިއާ އާއި މެލޭޝިއާއިން ބަހުގެ ހަމަލާތަކެއް މިދިޔަ ނޮވެމްބަރު މަހު ވަނީ ބަދަލުކޮށްފައެވެ. ޓްރަމްޕުގެ ނިންމެވުމާ ގުޅިގެން މުޅި ދުނިޔޭގެ ރުޅިވެރިކަން އިތުރުވިއެވެ. އެމްބަސީ ގުދުސަށް ބަދަލު ކުރީ މިދިޔަ އަހަރު މެއި މަހުއެވެ.

މީގެއިތުރުން ފަލަސްތީނުގެ ގުދުސަށް އެމްބަސީ ބަދަލުކުރަން ނިންމި އިސްރާއީލާ އެކުވެރި ގައުމުތަކަކީ އިސްޓްރޭލިޔާ, ގުއެންޓެމާލާ, ބްރެޒިލް, ޗެކް ރިޕަބަކްލިކް, ހޮންޑިއުރާސް އެވެ.

އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރިއިރު އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.