ކަޝްމީރުގެ މައްސަލަގައި އިންޑިއާގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ޕާކިސްތާނުން ކަނޑާލައި، ހާރިޖީ ގުޅުން ދަށްކޮށްލާފައި ވަނިކޮށް ކަޝްމީރުގެ މައްސަލަ އަކީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމަކީ އަމިއްލަ ދާހިލީ ކަމެއް ކަމަށެވެ.

"ދާހިލީ ކަންކަމުގައި ޕާކިސްތާނަށް ގޮތް ނުކިޔޭނެ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމަކީ އަމިއްލަ ދާހިލީ ކަމެއް" އިންޑިއާގެ ބަޔާނުގައި ވެއެވެ.

ޕާކިސްތާނުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ސަސްޕެންޑް ކުރަން ނިންމިއިރު ޕާކިސްތާނާއި އިންޑިއާގެ ދެމެދުގައި މިދިޔަ އަހަރު ވެސް 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކޮށްފައިވެއެވެ. ދެގައުމުގެ ގުޅުން އާއްމުގޮތެއްގައި ރަނގަޅު ނޫން ނަމަވެސް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ މުދާ އިންޑިއާ އިން ޕާކިސްތާނަށް އެތެރެ ކުރެއެވެ. އެހެންކަމުން ވިޔަފާރީގެ ގުޅުން ސަސްޕެންޑް ކުރުމުގެ ގެއްލުން ބޮޑުވާނީ އިންޑިއާއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެގެން އުޅެނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރުގެ ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އިންޑިއާގެ ޤާނޫނު އަސާސީގައި ކަޝްމީރަށް ވަކި ގާނޫނުއަސާސީއަކާއި ދިދައެއް އަދި ވަކި ގާނޫނުތަކެއް ހެދުމުގެ އިހްތިޔާރު ދީފައިއޮވެއެވެ. ނަމަވެސް ޚާރިޖީ ގުޅުންތަކާއި ދިފާއީ ކަންކަމާއި މުއާސަލާތީ ހިދުމަތް ފަދަ ކަންކަން އޮންނަނީ މައި ސަރުކާރުގެ ކޮންޓްރޯލްގަ އެވެ.

ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.

މިބަދަލާއި ކަޝްމީރުގެ މުސްލިމުން ގެންދަނީ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދޮންބެ

  ކަޝްމީރުގައި ތިބި މުސްލިމުންނަކީ އަހަރެމެންގެ އަޚުން. ކަޝްމީރު މައްސަލައަކީ ދާޚިލީ ކަމެކޭ ކިޔާފައި އަހަރެމެންގެ އަޚުންނަށް އަނިޔާ ނުކުރޭ!

  21
  1
 2. ސަމިި

  ތިކަމެއް ނޭންގޭތާ މިތާ ކަމެއް ވާއިރަށް ފާޑުފާޑުގެ އންޒާރުދީ ތިޔަހެދީ. ލދުކުޑަބއެއް ތީ

  16
  • ޭEsެ

   ދިވެހި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވަގުތުން ބޭލުމައް ދިވެހި ސަރުކާރައް ގޮވާލަން

 3. Anonymous

  ދާޚިލީ ކަމަކައް ވާނީ މިގައުމުގަ ތިބި ގެރީގެ އެއްޗިސްތައް ސުންނާ ފތި ކުރީމަ

  • އަލިބެއްޔާ

   އިންޑިއާ ޖަލުގައި މަރުވާން ބޭނުން ނަމަ ދެން މި ރާއްޖޭގައި އިންޑިއާ މީހަކަށް އަނިޔާ އެއް ކުރާނީ.. ނިދާ އިރު ރާއްޖޭގައި ނަމަ ހޭލެވޭނީ އިންޑިއާ ޖަލުގައި.. ވ ވާހަކަ މި..

   1
   1
 4. ޢައްޔޫބު ޚާން

  ކަޝްމީރަކީ އިންޑިއާ ގެ ބައެއްނޫން. ޢަދި ޕާކިސްތާނުގެ ބައެއްވެސް ނޫން. ކަޝްމީރު ގެރައްޔިތުން ބޭނުން ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އެމީހުނައް ލިބިދޭންޖެހޭނެ. ކަޝްމީރު ގެމަސްއަލަ އަކީ އިންޑިއާ ގެ ދާޚިލީ ކަމެކޭ ބުނެފައި އިންޑިއާ ކަޝްމީރު އަޅުވެތި ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން. ޢިންޑިއާ އަދި ޕާކިސްތާނުގެ ސިފައިން ކަޝްމީރުން ވަގުތުން ބާލަންޖެހޭ

 5. ރައްޔުތިންގެ ހައްގެއްނެތް

  ރާއްޖޭގެ ޕާލަމެންޓު ގަތުމަކީވެސް އިންޑިއާގެ ދާޚިލީ ކަމެއްތަ؟ ހަމައެކަނި އިންޑިއާގެ މަޞްލަޙަތު ހިމާޔަތް ކުރާ މަޖިލިސް.