މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ރޭޕްކުރުމަށް ފަހު މަރާލާފައި އޮއްވާ ފެނުނު ޕާކިސްތާނުގެ އުމުރުން ހައަހަރުގެ ތުއްތު އަންހެން ކުއްޖާ، ޒައިނަބް އަންސާރީ ރޭޕް ކުރުމަށްފަހު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާގެ މައްޗަށް ރަސްމީގޮތުން ދައުވާ އުފުލައިފިއެވެ.

ޒައިނަބު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އުމުރުން 24 އަހަރުގެ އިމްރާން އަލީގެ މަށްޗަށެވެ. އިމްރާން އަލީގެ މައްޗަށް ދައުވާ އުފުލުމަށް ބޭއްވި ޝަރީއަތުގެ ފުރަތަމަ އަޑުހުން ބާއްވައިފައިވާއިރު ސަލާމަތީ ސަބަބުތަކަށްޓަކައި އެ އަޑުއެހެން ބާއްވާފައިވަނީ ލާހޫރުގެ ކޮޓް ލަޚްޕަޓް ޖަލުގައެވެ.

އިއްޔެ ބޭއްވުނު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އިމްރާން އަލީ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ޒައިނަބު ރޭޕްކޮށް މަރާލިކަމަށް އެެއްބަސްވެފައެެވެ. އިމްރާންގެ ދިފާއީ ވަކީލު މާހިރް ޝަކީލް މުލްޓާނީ ބުނެފައިވަނީ، ޒައިނަބު ރޭޕްކޮށް މަރާލި ކަމަށްބުނެ އިމްރާންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ އެއްވެސް ހަގީގަތެއްނެތް ތާކުންތާކު ނުޖެހޭ ތުހުމަތުތަކެއް ކަމަށެވެ.

ޒައިނަބު މަރާލި މައްސައިގައި އިމްރާން އަލީއާއި ދެކޮޅަށް ހެކިބަސް ދިނުމަށް ހެކިވެރިން މިއަދު ކޯޓަށް ހާސިރު ކުރަން ވަނީ ނިންމާފައެވެ.

ޒައިނަބު އަންސާރީ ރޭޕް ކޮށްލުމަށްފަހު މަރާލާފައި އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަމަހު، އޭނާ ދިރިއުޅެމުންދިޔަ ޕަންޖާބު ސިޓީގެ ކަސޫރު އަވަށުންނެވެ. ޒައިނަބުގެ މަރާއި ގުޅިގެން މުޅި ދުނިޔެއިން އެ ކަމާ ނުރުހުންފާޅުކޮށް ޒައިނަބުގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް އަޑު އުފުލާލައިފައިވާއިރު އެގައުމުގެ ސަރުކާރުން ވަނީ ޒައިނަބުގެ ގާލިތަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފައެވެ.

ޕާކިސްތާނުގައި ފަހަކަށް އައިސް ރޭޕް ކުރުން ވަނީ އާންމުވެފައެވެ. އެގޮތުން ފާއިތުވީ ދެއަހަރުގެ ތެރޭގައި ކަސޫރު އަވަށުގައި ކުޑަކުދިން ރޭޕްކޮށް މަރާލުމުގެ އިތުރު ހަތަރު ހާދިސާއެއް ހިނގާފައި ވެއެވެ

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިނި އަންނަނީ

    ތީނަ ތިއުޅެނީ ހުމާމު ކައިރިން ދަސްކޮށްގެން... ހުމާމުވެސް ކަންތައްކުރިގޮތް ކިޔާދިނުމަށްފަހު ފާޑެއްގެ ޤާނޫނީވަކީލަކު ހުތްލައިދިނުމުން ކުރީ އިންކާރު.... ހެދީ ދޮގު....

  2. ޙެހެހޭ

    މިކަހަލަ ވަކީލުންގެ ނުބައިކަމާއެވެ.

  3. ޥާލި

    ރާއްޖޭގައިވެސް އެކަހަލަ ވަކީލުން ވަރަށްގިނަދޯ