އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުން ޕާކިސްތާނުގައި އިންޑިއާގެ ފިލްމުތައް ދެއްކުން މަނާ ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާ ކުރީ ކަޝްމީރު މައްސަލާގައި ޕާކިސްތާނުން އަޅަމުންދާ ފިޔަވަޅު ތަކުގެ ދަށުންނެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑް ކާސްޓިން އިދާރާއިން ދަނީ އިންޑިއާގެ ހުރިހާ ވައްތަރެއްގެ ފިލްމުތައް ޕާކިސްތާނުގައި މުޅިން ދެއްކުން މަނާ ކުރާ ގަވާއިދު ތަންފީޒު ކުރަމުންނެވެ.

ޕާކިސްތާނުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ސަސްޕެންޑް ކުރަން ނިންމިއިރު ޕާކިސްތާނާއި އިންޑިއާގެ ދެމެދުގައި މިދިޔަ އަހަރު ވެސް 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކޮށްފައިވެއެވެ.

ދެގައުމުގެ ގުޅުން އާއްމުގޮތެއްގައި ރަނގަޅު ނޫން ނަމަވެސް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ މުދާ އިންޑިއާއިން ޕާކިސްތާނަށް އެތެރެ ކުރެއެވެ. އެހެންކަމުން ވިޔަފާރީގެ ގުޅުން ސަސްޕެންޑް ކުރުމުގެ ގެއްލުން ބޮޑުވާނީ އިންޑިއާއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެގެން އުޅެނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ.

އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އިންޑިއާގެ ޤާނޫނު އަސާސީގައި ކަޝްމީރަށް ވަކި ގާނޫނުއަސާސީއަކާއި ދިދައެއް އަދި ވަކި ގާނޫނުތަކެއް ހެދުމުގެ އިހްތިޔާރު ދީފައިއޮވެއެވެ. ނަމަވެސް ޚާރިޖީ ގުޅުންތަކާއި ދިފާއީ ކަންކަމާއި މުއާސަލާތީ ހިދުމަތް ފަދަ ކަންކަން އޮންނަނީ މައި ސަރުކާރުގެ ކޮންޓްރޯލްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަންބެ

    ރާއްޖެއިންވެސް ތިހިންދީމީހުން ހަދާ ބުދަށް އަޅުކަންކުރާތަން ދައްކާ ހިންދީ ޑްރާމާ ތަކާއި ހިންދީ ފިލްމުތައް ދެއްކުން ހުއްޓުވަންވެއްޖެ. ދިވެހީންތައް މިޑްރާމާތަކުގަ ދައްކާ ކަންކަން ކުރަން ނުފަށަނީސް. ނޭނގެ މިހާރު ނުކުރާ ކަމެއްވެސް.