އުމުރުން 19 އަހަރުގެ އިންޑިއާގެ މުޒައްފަރުޕުރްއަށް ނިސްބަތްވާ ސުޖިތް ކުމާރުގެ ބަނޑު ކޮންމެ ދުވަހަކުވެސް ދަނީ ބޮޑުވަމުންނެވެ މަދުން ނޫނީ ނުފެންނަ މި ބަލީގެ ސަބަބުން އުމުރުން ހަތް އަހަރުން ފެށިގެން ބަނޑުބޮޑުވަމުން ދެއެެވެ. އަދި އެކަމަށް ހުއްޓުމެއް ނާދެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ މި ބަލީގެ ސަބަބުން ޑޮކްޓަރުންނަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އޭނާގެ ބަނޑު ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ.

ކުމާރް ބުނީ، އޭނާގެ ބަނޑު އެގޮތަށް ބޮޑުކޮށް ހުންނާތީ ކުޑައިރުން ފެށިގެން އެތައް ބައެއްގެ ގަނާގެ ޝިކާރައަކަށް ވި ކަމަށެވެ. އަދި އޭނާއަށް ރަހުމަތްތެރިންވެސް ނުލިބޭކަމަށް އޭނާ ބުންޏެވެ.

ރިޕޯޓްތަކުގައި ބުނެފައިވާގޮތުގައި، އާއްމުކޮށް ބަނޑަށް ގޮތްގޮތްވާ މީހުންނަށް ދިމާވާ ފަދަ ސިއްހީ މައްސަލަތައް އޭނާއަށް ދިމާނުވެއެވެ. އަބަދު ބޮޑުކަމުދިޔުމާއި، ހޮޑުލުމާއި، އެސިޑްވުން ފަދަ މައްސަލަތަކާއި އޭނާ ކުރިމަތި ނުލައެވެ.

ކުމާރް މަންމަ ބުނީ، ދަރިފުޅަށް ފަރުވާދިނުމަށް އެތައް ޑޮކްޓަރެއް ކައިރިއަށް ދިޔަ ނަމަވެސް ފަރުވާއެއް ލިބިފައި ނުވާ ކަމަށެވެ. ހަމައެކަނި ވަގުތީ ގޮތުން ތަދުކަނޑުވަން ބޭސް ދެނީ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

އޭނާއަށް ދޭން ޖެހޭ ފަރުވާ ހޯދަން ޖެހޭނީ އެންޑޮސްކޯޕީއެއް ހަދާށެވެ. އެއިރުން ޑޮކްޓަރުންނަށް އޭނާއަށް ކުރިމަތިވެފައިވާ މައްސަލަ ދެނެގަނެވޭނެއެވެ.

ކުމާރްގެ އާއިލާއިންވެސް ކުމާރްއަށް ދިމާވެފައިވާ އެ ހިތާމައިގެ ސަބަބުން ކަންބޮޑުވެއެެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ ސައިކަލު ފެކްޓްރީއެއްގައެވެ. އެތާގެ މީހުން އޭނާއަށް ވަރަށް ރަނގަޅުކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސޮނިފުހޭ

  ބަލި މީހުން ގިނައިން ައސްތަޣްފާރު ކޮއް ދު ޢާކުރޭ. ރަގަޅުވާނެ.

  19
  1
  • ޓިޝޫ

   ހަމައެކަނި އަސްތަޣްފާރުކުރުންވެސް އެހާ ރަނގަޅެއް ނޫން. އެންމެ ރަނގަޅުގޮތަކީ ދުޢާތައްކޮށް، ރުޣްޔާ ހަދައި، ޑަކުޓަރަށް ދައްކައިގެން އެބައްޔާބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި، އެބައްޔަށްވާ ބޭސްބޭނުންކޮށް (އެކަމަށް ހާއްސަ ބޭސްތައް، ކިތަންމެ ވަރަކަށް ތެޔޮދެމިއަސް ބައްޔާ ބޭހާއި ނުގުޅޭނަމަ ބަލި ރަނގަޅެއް ނުވާނެ) ، އެބޭސް ބޭނުންކުރުމުގެ ކުރިން ބިސްމިކިޔައި، އެބޭސްކައިގެން ރަނގަޅުވުމަށް ދުޢާކުރުން. މިޒަމާނުގެ ބައެއްމީހުން ހީކުރަނީ ހަމައެކަނި ދުޢާކުރުމުން ނިމުނީ ކަމަށް. ޓީބީ ޖެހިގެންވެސް މުޅި ހިސާބަށް ޓީބީ ފެތުރުނަސް އަޅައެއް ނުލާ ހަމައެކަނި ދުޢާކޮށްކޮށް. އެހެންމީހުންނަށް ގެއްލުންވާނެހެން އުޅުމަކީ ދީނުގައި ނަހީކުރައްވައިފައިވާ ކަމެއް.

   15
   1
 2. ސޮނިފުހެ

  އަސްތަ ޣްފާރުކޮއް ދުޢާކުރޭ

  11
 3. ކެޔޮޅު

  އެންޑޮސްކޯޕީއެއް ހަދާބަލަ.