އަސްކަރީ ތަމްރީނުތަކެއްގައި އިންޑިއާގެ އެސްޔޫ-30 ގެ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މަތިންދާ ބޯޓު ވެއްޓުނީ ރޫޓިން މިޝަނެއްގައި އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އައްސާމް ގައި ހަރަކާތްތެރި ވަމުން ދަނިކޮށެވެ. ބޯޓު ވެއްޓެމުން ދިޔަ ވަގުތު ބޯޓުގެ ދެ ޕައިލެޓުން ވަނީ ކާމިޔާބުކަމާއެކު ބޯޓުން ފުންމާލާފައެވެ. ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ކަމާބެހޭ އިދާރާތަކުން ފަށާފައެވެ.

އިންޑިއާއާއި ޕާކިސްތާނުގެ މައްސަލަ އަނެއްކާވެސް ހޫނުވެފައިވާއިރު، ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާއިން ދަނީ ހަރުކަށި އަމަލުތަކެއް ހިންގަމުންނެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެގެން އުޅެނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ.

އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އިންޑިއާގެ ޤާނޫނު އަސާސީގައި ކަޝްމީރަށް ވަކި ގާނޫނުއަސާސީއަކާއި ދިދައެއް އަދި ވަކި ގާނޫނުތަކެއް ހެދުމުގެ އިހްތިޔާރު ދީފައިއޮވެއެވެ. ނަމަވެސް ޚާރިޖީ ގުޅުންތަކާއި ދިފާއީ ކަންކަމާއި މުއާސަލާތީ ހިދުމަތް ފަދަ ކަންކަން އޮންނަނީ މައި ސަރުކާރުގެ ކޮންޓްރޯލްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޯކަނަމަދު

    ???????

    29
    3
  2. އެމްޑީޕީ ޖަޒީރާ

    އާމީން

    31
    1
  3. ޖަހާންގީރު

    ހާދަ އުފާވެރޮ ޚަބަރެކޭ

    14
  4. އަލީ

    ޢާމީން

    12
  5. Anonymous

    ޢަލްހަމްދުލިﷲ.

    11
  6. Anonymous

    ގެރީގެ އަޅުން ބަލިވަނީ. ޙހަހަަަަހަ

    17
    • މޮޔައެނޮނިމަސް

      ހިތަށް އަރުވާލައިގެން ހިތް ހަމަ ޖައްސައިގެން ހުރޭ