ކަޝްމީރަށް އޮތް ސްޓޭޓެއްގެ ދަރަޖަ ޓެރިޓަރީއެއްގެ ދަރަޖައަށް ބަދަލުކޮށް، މުސްލިމުންގެ އަޣުލަބިއްޔަތު ކަޝްމީރުން ނައްތާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރަސްމީ މަސައްކަތްތައް ފެށިފަހުން ފާއިތުވި ހަތަރު ދުވަސް ތެރޭގައި ކަޝްމީރުން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ކަޝްމީރުގެ މީޑިއާތަކުން ބުނެފިއެވެ.
ހައްޔަރު ކުރި މީހުންގެ މައުލޫމާތު އިންޑިއާގެ އަސްކަރިއްޔާ އިން ހާމަކޮށްފައި ނުވާތީ ހައްޔަރު ކޮށްފައިވާ މީހުންގެ ސީދާ އަދަދެއްގެ ކަށަވަރެއް ނުވެއެވެ. ނަމަވެސް ކަޝްމީރުގެ މީޑިއާތަކާއި ހަވާލާދީ "އަލްޖަޒީރާ" އިން ބުނަނީ ހައްޔަރު ކުރި މީހުންގެ އަދަދު އެތައް ސަތޭކައަކަށް އަރާނެ ކަމަށެވެ.
ފާއިތުވި ހަތަރު ދުވަހު ކަޝްމީރުގެ މަގުތައް ބަންދުކޮށްގެން އިންޑިއާގެ އެތައް ހާސް ސިފައިންނެއް ގެންދަނީ ކަޝްމީރުގައި ފޯރިމަރަމުންނެވެ. މަގުތައް ބަންދުކޮށް ކާފިއު އިއުލާން ކޮށްފައިވާތީ ކަޝްމީރުގެ މަގުތައް ފެންނަނީ ވަރަށް އަމާންކޮށެވެ.
އިންޑިއާ ސިފައިން މީހުން ހައްޔަރުކޮށްފައި ވަނީ ގެތަކަށް ވަދެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ ކޮން ކުށަކަށް ތުހުމަތުކޮށްފައި ކަމެއް ނޭނގެއެވެ.
އިންޑިއާ އިން ކަޝްމީރުގައި ހިންގަމުން ގެންދާ އަމަލުތަކާއި ގުޅިގެން ރާއްޖެ ފިޔަވައި މުޅި ދުނިޔެ އިން ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އޭނާގެ ސިޔާސަތު ދިފާޢުކޮށް އިއްޔެ ވާހަކަދައްކާފައެވެ. މޯދީ އިއްޔެ ވިދާޅުވީ ކަޝްމީރަށް ގެންނަން އުޅޭ ބަދަލީ "ނިރުބުވެރިކަމާއި، ވަކިވެގަތުން ނައްތާލުމަށް" ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ނަމަވެސް ކަޝްމީރުގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކަޝްމީރަށް ގެންނަން އުޅޭ ބަދަލުގެ ސަބަބުން ދިގުދެމިގެންދާ ދާއިމީ ހަމަނުޖެހުންތަކެއް ފެށިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އިބޫ އާއި އަބުދުލް ﷲ ޒާހިދު ތިކަމާ އުފާކުރާ ނޫންތޯ ،
އިންޑިއާގެ ބަލާ. ރާއްޖެ މިދުވަހަށް ތައްޔާރުވޭ.
އަދިވެސް ޗައިނާގެވާހަކަ ދައްކާތި މުސްލިމުންގެހަތުރު އެއުޅެނީ އެގަމުން މުސްލިމުންގެބާރު ކަނޑުވާލަން އަވަހައް އިންޑިޔާއާއި ގުޅުން ކަނޑާލާ