އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭވެހެމުންދާތީ އެ ސަރަހައްދަށް ރެޑް އެލާޓް ނެރެފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ކެރެލާއިން އެކަނިވެސް 9 ސަރަހައްދަކަށް ވަނީ ރެޑް އެލާޓް ނެރެފައެވެ. ކެރެލާއަށް ކުރަމުންދާ ވިއްސާރަގައި ފެންބޮޑުވުމާއި ކޯރުތައްވެސް ދަނީ ބަންޑުންވަމުންނެވެ. އަދި މިފަދަ ހާދިސާތަކުގައި މިހާތަނަށް 22 މީހަކު ވަނީ މަރުވަފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވިއްސާރައައި ގުޅިގެން ބައެއް ސަރަހައްދުތަކުން އާއްމުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތައް ދަނީ ކުރަމުންނެވެ.

އިންޑިއާ މެޓްރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނީ، މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކެރެލާއަށް މޫސުން ގޯސްވާނެ ކަމަށެވެ. މި ވިއްސާރައާއި ގުޅިގެން ނުވަ ސަރަހައްދަކަށް ރެޑް އެލާޓް ނެރުނު ކަމުގައިވިޔަސް 12 ސަރަހައްދަކަށް ވިއްސާރައިގެ އަސަރު ކޮށްފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ވިއްސާރައާއި ގުޅިގެން ކެރެލާގެ ސަރުކާރުން ވަނީ ސަރަހައްްދުގެ ހުރިހާ ސްކޫލްތަަކެއް މިއަދަށް ބަންދުކޮށްފައެވެ. ބައެއް ޔުނިވާސީޓީތަކުގެ ޓެސްޓުތައްވެސް ވަނީ ފަސްކޮށްފައެވެ. އަދި މިމަހުގެ 11ވަނަ ދުވަހުގެ މެންދުރާއި ހަމަކައަށް ނިޔަލަށް ކޮޗިން އެއަރޕޯޓުވެސް ބަންދުކުރަން ވަނީ ނިންމާފައެވެ.

ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން ވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢިކުރާމު.

  އެއްވެސް ގެރިޔެއް މަރުވިބާ މަރުވެއްޖެ ކަމައްވާނަމަ ދެންވެސް ބާތިލު ކަލާންގެ ދޫކޮއް އެއްކައުވަންތަ ﷲ އައް އަޅުކަން ކޮއްބަލަ އެއީ ތިޔަވިއްސާރަ ފޮނުއްވި ފަރާތް މުސީބާތާ ޖެހެނީ ނުބައި ނުލަފާ ކަމުން

  22
 2. Anonymous

  ޢަލްހަމްދުލިﷲ.

  12
  9
  • މޮޔައެނޮނިމަސް

   މި ކަލޭގެ ހާދަ އުފަލެކޭ މި ވަނީ މީހުންނަށް މުސީބާތް ޖެހުމުން.ހަމަ ރަނގަޅު މުރުތައްދެއް.ކަލެއަށް ބަލާ އާ މުސީބާތް ޖެހޭ ދުވަހަކުން އެހެން މީހުން ތި ގޯތަށް ނުބުނާބާ

   4
   1
 3. ކީކޭ ބުނާނީ

  ކަޝްމީރަށް ފޮނުވުނު 30000 ސިފައިން އަދިވެސް އެތަނަށް މަދުވާނެ.. އަދި ފޮނުވާ

  • މޮޔައެނޮނިމަސް

   ކަޝްމީރަށް ސިފައިން ފޮނުވާތީވެ ކޯފާ