އިންޑިއާގެ ކެރެލާ އަށް މިހާރު ކުރަމުން ދާ ވިއްސާރާގައި ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގައި ފެންބޮޑުވެ، ޓެކްސީވޭ ތަކާއި އޭޕްރަން ބޭނުން ނުކުރެވޭ ވަރު ވުމުން އެ އެއާޕޯޓު ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.

ކޯރުތައް ފުރި ބަންޑުންވެ، އެ ސަރަހައްދުގެ އާއްމު ދިރިއުޅުމަށް ބުރޫ އަރާފައި މި ދަނޑިވަޅުގައި މިއަދަކީ ރަސްމީ ޗުއްޓީ އެއްގެ ގޮތުގައި ކަނޑަ އަޅައި، ސްކޫލް ތަކާއި އެނޫންވެސް އެފަދަ ތަންތަން ވަނީ ބަންދު ކޮށްފައެވެ.

ކޮޗިން އެއާޕޯޓުގެ ރަންވޭ މަތީގައި ފެން ބޮޑުވެފައި ނެތް ނަމަވެސް، ޓެކްސީވޭ ތަކާއި އޭޕްރަންގައި ފެންބޮޑުވުމުގެ ސަބަބުން ވަނީ ދަތުރުތައް ކުރެވޭ ގޮތް ނުވެފައެވެ. އިއްޔެގެ ވަގުތެއްގައި 4 ގަޑި އިރަށް އެއާޕޯޓު ވަގުތީ ގޮތުން ބަންދު ކުރި ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެން އެއާޕޯޓު ހުޅުވޭނީ އާދިއްދަ ދުވަހުގެ މެންދުރު 15:00 ގައެވެ.

ކޮންމެ އަހަރެއްގައި ވެސް މި ދުވަސްކޮޅު ކެރެލާ އަށް ކުރާ ވިއްސާރާގައި އެ ސްޓޭޓަށް ބޮޑެތި ގެއްލުން ތަކެއް ލިބެއެވެ. މިހާރު ކުރާ ވިއްސާރާގައި އިއްޔެ އާއި ހަމައަށް ކެރެލާގެ 8 މީހަކު މަރު ވެފައި ވާއިރު، ގިނަ ހިސާބު ތަކަށް ވަނީ ރެޑްތ އެލާޓުވެސް ނެރިފައެވެ.

ކެރެލާ އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާ އަށާއި އެނޫންވެސް ކަންކަމަށް ދާ ތަނެއްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި ދުވަސްކޮޅު އެތަނަށް ދަތުރު ކުރާ ފަރާތްތަކުން ސަމާލުވާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިކުރާމު..

    އެއްވެސް ގެރިޔެއް މަރުވިބާ މަރުވިނަމަ ބާތިލު ކަލާނގެ މަރުވީ ކަމައްބަލާފަ އެއްކައުވަންތަ ފަރާތައް އީމާންވުމައްއެދެން

    35
    2
  2. ފައި

    ކޮބާގެރިމޯދީ ގޮވާބަލަ