ކަޝްމީރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކުގައި އިންޑިއާ ސިފައިން ކުޑަ ކުއްޖެއްގެ ދެ ލޮލުގެ ފެނުން ގެއްލުވާލައިފިއެވެ.
މި ހިތާމަވެރި ހާދިޘާ މެދުވެރި ވެފައި ވަނީ ގްރޭޑް 11ގައި އުޅޭ އުމުރުން 16 އަހަރުގެ އަސްރާރް ޙާން އަށެވެ. އަސްރާރް އޭނާގެ ގެ ކައިރީ އޮންނަ ހުސް ބިމަކަށް އީދަށް ކަތިލުމަށް ގެނެސް ހުރި ބަކަރިތައް ކައިރިއަށް ދިޔަ މަގުމަތީގައި އިންޑިއާ ސިފައިން ވަނީ އެ ކުއްޖާ އާއި ދިމާލަށް ކަރުނަ ގޭސް އުކައި، ޕެލެޓް ގަން ވެސް ބޭނުން ކޮށްފައެވެ.
މީހެއްގެ ސައިކަލު ފަހަތަށް ލައިގެން އަސްރާރް ހޮސްޕިޓަލަށް ގެންދެވުނު ވަގުތުވެސް އޭނާގެ ބޮލުންނާއި ދެ ލޮލުން ދިޔައީ ލޭ އޮހެރެމުންނެވެ. ޑޮކްޓަރުންގެ ރިޕޯޓްތައް ދައްކާ ގޮތުން އަސްރާރްގެ ދެ ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން، ބޮލުގެ ނާށިގަނޑަށް ވަނީ ވަރަށް ބޮޑަށް ގެއްލުވެފައެވެ. އަދި އޭނާގެ މޫނު މަތީގައި ވެސް ތަޅާފައި ވާކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވައެވެ.
" އަހަރެމެން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަމުން މި އަންނަނީ އަސްރާރްގެ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް. އޭނާ އަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ހުރީ. އަދިވެސް ކްރިޓިކަލް ކޮންޑިޝަން ހަމަ." ޑޮކްޓަރެއް ބުނެފައި ވެއެވެ.
އެ ހޮސްޕިޓަލުގައި އިންޑިއާ ސިފައިން އަނިޔާ ކޮށްގެން ފަރުވާ ކުރަމުންދާ 6 ކުޑަކުދިން މިހާރު ވެސް އެބަ ތިއްބެވެ.
އިންޑިއާ އަކީ މިގައުމުގެ މިނިވަންކަމަށް ވެސް އެއްބަސް ނުވާބައެއް. އިންޑިއާގެ ރަސްމީ ފަރާތްތަކުން ގަބޫލުކުރާގޮތުގައި ހުޅުލޭ އެއަރޕޯޓަކީ އިންޑިއާއިން އަޅާދީފަ އޮތް އެއަރޕޯޓެއް. ވީމާ އެއަރޕޯޓު އަނބުރާ އިންޑިއާ އަށް ދޭންޖެހޭނެ. އަދީބުގެ ރަންޒަމާނުގައި އިންޑިއާގެ އޮފިޝަލުން ދިވެހި އޮފިޝަލުންނާ ޒުވާބުކޮއްފަވާ ކަމަށްވަނީ. މަލިކުގެ މިނިވަންކަން ކޮބާ؟
އަވަށްޓެރި އެއްވެސް ގައުމެއްގެ މިނިވަންކަމަށް އެއްބަސްވާ ގައުމެއް ނޫން އިންޑިއާ އަކީ.
mives dhahili massala tha
https://vaguthu.mv/world-news/219726
ވިސްނާ ބަޔަކަށް ޢިބްރަތް ލިބޭނީ!
ވަރަށް ސަލާމް
ޔާމިނަށްވުރެ ނުލަފާދޯ
އިންޑިޔާއާއި ގުޅުންކަންޑާލާ
ހަމަ މިހާރުން މިހާރަށް އިންޑިޔާ އާއި ގުޅުން ކަޑާލާ.