މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖާޖީނަށް ޒަމާނީ ވަސީލަތް ހިމެނޭ ރޮބޮޓް ތަކެއް ބޭނުން ކޮށްގެން ސިއްހީ ހިދުމަތް ދޭން ސައުދީ ސަރުކާރުން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ރޮބޮޓްތަށް "4ޖީ" ޓެކްނޮލޮޓީގެ އެހީގައި މައްކާ, މަދީނާ އަދި އަރާފާތު ބިމުގައި ތިބޭ ބަލި މީހުންނަށް މައްކާގެ 16 ބޮޑު ހޮސްޕިޓަލެއްްގެ ޑޮކްޓަރުން މެދުވެރިކޮށް އަވަސް ފަރުވާ ދިނުމަށް އެހީތެރިވާނެއެވެ.

ސައުދީގެ ސިއްހަތާއި ބެހޭ ވުޒާރާައިން ވިދާޅުވީ އަރަފާތު ބިމުގައި ބަލިވާ ހައްޖުވެރިން ހޮސްޕިޓަލް ތަކަށް ގެންދިއުމަކީ ގޮންޖެހުމަކަށްވާތީ މި ރޮބޮޓްތަކުގެ އެހީގައި ބަލިމީހުންނަށް ހުރި ތަނަކަށް މި ރޮބޮޓް ދަތުރު ކޮށް ފަރުވާ ދޭނެ ކަމަށެވެ. މީގެ ތެރޭގައި ބަލިމީހުން ހިމެނޭ ޓެންޓްތައްވެސް ހިމެނޭ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ސައުދީގެ ބޮޑެތި ހޮސްޕިޓަލު ތަކުގެ ޑޮކްޓަރުން މިހާރު ވަނީ މި ޓެކްނޮލޮޖީއަށް އަހުލުވެރިކޮށްފައެވެ.

މިއަހަރު ހައްޖު މޫސުމުގައި ހައްޖުވެރިނަށް ދިމާވާ ދަތިތަކުގައި އެހީވާން ސައުދީ ސަރުކާރުގެ 350000 މީހުންގެ ޓީމެއް ހަރަކާތްތެރި ވާނެ އެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން މައްކާ އާއި މަދީނާއަށް އެތައް ހާސް މުސްލިމުން ޖަމާވަމުންދާ އިރު ހައްޖުގެ ދުވަސްވަރު މައްކާގެ މުގައްދަސް ތަންތަނުގެ ސާފުތާހިރުކަން ބަލަހައްޓަން 13000 މަސައްކަތު މީހުން ހަމަޖައްސާފައިވާ ކަމަށް މައްކާ މުނިސިޕަލްޓީން ވަނީ ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮގުބާ

    ތިޔައިން ރޮބޮޓެއް ހައްޖުވެރިއެއްގެ ކަރުގަހިފާ މަރާނުލީޔަ ވާ ސާބަސް

    • ކަރު

      ކިހިނެއްހޭ ކަރުގައި ހިފާނީ؟ ރޮބޮޓުގައި އަތެެއް އަދި ފަޔެއްވެސް ނެތް.