އިންޑިއާގައި ވަޓްސްއެޕް މެދުވެރިކޮށް ތިންފަށް ވަރިން އަންހެނުން ވަރި ކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

އެއް ވަގުތެއްގައި ތިންފަށް ވަރި ނުކުރެވޭ ގޮތަށް އިންޑިއާގެ ގާނުން ބަދަލު ކުރުމާއި ގުޅިން ތިންފަށް ވަރިން ވަރި ކުރުމަކީ މިހާރު ގާނޫނީ ކުށެކެވެ. މި ގާނޫނާއި ގުޅިގެން އެކަމާ ދެކޮޅަށް އިންޑިއާގެ ބެއެއް މުސްލިމުން އަންނަނީ އަޑު އުފުލަމުންނެވެ.

އިންޑިއާގެ ދިއްލީގެ މުސްލިމު އަންހެނެއް ކަމަށްވާ ރައިމާ ޔަހްޔާ ވަނީ އޭނާގެ ފިރިމީހާ އާތިރް ޝާމިން ވަޓްސް އެޕް މެދުވެރިކޮށް އޭނާ ތިންފަށް ވަރިން ވަރިކުރުމަށް ފަހު ވަޓްސް އެޕް މެދުވެރިކޮށް ފަތުވާވެސް ނެރުނު މައްސަލަ ފުލުހުންނަށް ހުށައަޅާފަ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އިންޑިއާގެ ފުލުހުންވަނީ އާތިރް ހައްޔަރު ކޮށްފަައެވެ.

އިންޑިއާ ގެ ގާނޫން ހަދާ މަޖިލިސް އިން ވަނީ އިސްލާމްދީނުގައި އޮންނަ ތިންފަށް ވަރި އެއްވަގުތެއްގައި ކުރުމުގެ ގާނޫން އެގައުމުގައި އަމަލު ނުކުރެވޭނެ ކަމަށް ނިންމާފިއެވެ.

މުސްލިމު އަންހެނުންނަށް ބާރު ހޯދާ ދިނުމުގެ ނަމުގައި ބިލެއް ފަސްވެފައިވަނީ 99 ވޯޓު ބިލަށް ތާއީދު ކޮށް 84 ވޯޓު މިބިލާ ދެކޮޅަށް ވޯޓު ލާފައިވެއެވެ.

2017 ވަނަ އަހަރު ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުން މިގާނޫނަށް ތަބާވުން ރަނގަޅެއް ނޫން ކަމަށް ބުނެފައެވެ. އަދި އެއަހަރުގައި އިންޑިއާގެ ވެރިކަން ކުރާ ޕާޓީއިން މިބިލް މަޖިލީހަށްލިއެވެ. ނަމަވެސް ބިލަށް ތާއީދު ނުލިބުމުން ބިލް ވަނީ ފާސްނުވެފައެވެ. މިއަހަރު މިބިލް ފާސްވެފައިވާއިރު މިކަމަށް ތަބާނުވާ މީހުން 3 އަހަރުގެ ޖަލު ހުކުމެއް ލިބޭ ގޮތަށްވެސް ވަނީ ނިންމާފައެވެ. މިބިލް މިހާރު އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންޑްގެ ތާއީދު ހޯދުމަށް ވަނީ ފޮނުވާފައެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީ އައި.އެން.ސީ އިން ވަނީ މިބިލުގެ އަދަބާ ބެހޭގޮތުން ވާހަކަދަށްކާފައެވެ. އެޕާޓީއިން ބުނެދޭ ގޮތުން މިއީ ބިލްތަކެއް ހިފައިގެން މުސްލިމުންނާ ދިމާކުރުން ކަމަށާ އަދި މިއަދަބު މާ ބޮޑު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ބޭނުމަކީ މުސްލިމުންގެ ނަން އިންޑިއާ އިން ފޮހެލުން!!

  4
  3
 2. ވަރި

  ތިންފަށްވަރިން މިވަރިކުރަނީ ކުޅިވަރަކަށްތަ؟ އެއްފަހަރު ވަރިކޮށްފަ އެމީހާއާއި ރުޖޫއު ނުވީމަ ނިމުނީއެއްނުން. އިންޑިޔާގައި މުސްލިމަކަށްވިޔަސް ހިންދޫއަކަށްވިޔަސް އެހެން ދީނެއްގެ މީހަކަށް ވިޔަސް އުޅެނީ ހުސް ބޯގޯސްމީހުން.

  • .......

   ތީ އަހަރެމެންގެ ބުއްދިއަށް ވިސްނޭ ރަނގަޅު ގޮތް...އެކަމަކު ވެދާނެ އެންމެ ހިކުމަތްތެރި ގޮތް ނޫން ކަމަށް....ﷲ އަންގަވާފަވާ ގޮތަަކަށްވުރެ މޮޅު ގޮތެއް ނޯންނާނެ...

   8
   2
 3. އަހުމަދު

  ކަނބުލޮ ދެރަނުވޭ މަމިހުރީ 3 ޖާގަ ހުސްކޮއްގެން

 4. ބުރޯ

  ތިންފަށްވަރިން ވަރިކުރުމަކީ އިސްލާމަދީނުގާ ވެސް ހުއްދަ ކަމެއްނޫން. އަނިޔާ ވެރިވުމަކީ އިސްލާމްދީނުގާ މަނާކުރެވިފައިވާ މާތްﷲ ނަހިކުރައްކާފައިވާކަމެއް. ނަމަވެސް އެއް އަންހެނަކާ ވިދިވިދިގެން ތިންފަހަރު ކައިވެނިކޮށް ތިންވަނަފަހަރު ކުރެވޭ ވަރިން ތިންފަށް ވުމުން އެއީ އަނިޔާ އެއް ކަމަކަށް ނުބެލެވޭ .

  6
  1