އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިޓްލީ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ވެރިކަން ކުރާ ބާރްތިޔާ ޖަނާތަ ޕާޓީ (ބީޖޭޕީ) އަށް ނިސްބަށްވެ ވަޑައިގަންނަވާ އުމުރުން 66 އަހަރުގެ އަރުން ޖެއިޓްލީއަށް ފަރުވާ ދެވެމުންދަނީ ނޭވަލުމަށް ދަތިތަކެއް ދިމާވެގެން އިންޑިއާގެ ވެރިރަށް ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓްސް އޮފް މެޑިކަލް ސައިންސް (އެއިމްސް) ގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައެވެ.

ޖައިޓްލީގެ ހާލު ބެއްލެވުމަށް ބޮޑު ވަޒީރު މޯދީ ވަނީ އިއްޔެ އޭއައިއެމްއެސް އަށް ޒިޔާރަތް ކުރައްވާފައެވެ. ޖެއިޓްލީއަށް ފަރުވާދޭން ފަށާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. ޖައިޓްލީއަށް ފަރުވާދޭން ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވެއެވެ. ޖައިޓްލީ އަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ފުރަތަމަ ދައުރުގައި ކެބިނެޓްގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ހާލު ގޯސްވެ ޖެއިޓްލީ އަށް ފަރުވާދޭން ފަށާފައިވާއިރު އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވަނީ ހާޓް އެޓޭކެއް ޖެހި މިމަހު 7 ވަނަ ދުވަހު މަރުވެފަ އެވެ.

ތަފްސީލް އަންނަނީ...