އެމެރިކާގެ ރިޔާސީ ގަނޑުވަރު އަދި އެމެރިކާގެ ސުޕްރީމް ކޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ބަރަހަނާ ފޮޓޯތަކެއް މީސް މީޑިއާގައި ލީކް ވެއްޖެއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި މި ކަން ހިންގަން މެދުވެރިވީ ބަރަހަނާ އޮންލައިން ޓޭޓިން އެޕްލިކޭޝަނެއްގެ ސެކުރިޓީގެ ފޫގޮސްގެންނެވެ.

ލީކް ވެފައިވާ ފޮޓޯތަކުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރުގެ މުވައްޒަފުންގެ ފޮޓޯ ތަކާއި ޒާތީ މައުލޫމާތު ހިމެނޭ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

މި އެޕްލިކޭޝަންގެ ސެކުރިޓީގެ މައްސަލަ ޖެހެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެެއެވެ.

މީގެ ކުރިން ވެސް އެމެރިކާ ސަރުކާރުގެ ވަރަށް ގިނަ ފަރާތްތަކުގެ ބަރަހަނާ ފޮޓޯތަކެއް ވަނީ މީސް މީޑިއާއަށް ލީކްވެފައެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަރަހަނާ ފޮޓޯތަކެއް އެބަހުރި ކަމަށް ޓްރަމްޕް ނަހަމަ ގުޅުމެއް ބޭއްވި ބަރަހަނާ ފިލްމް ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއެލްގެ ވަނީ ދާދި ފަހުން ބުނެފައެވެ.

ސްޓޯމީ ވަނީ އޭނާއާއި އެމެރިކާގެ މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ލޯބީގެ ގޮތުން 2006 ވަނަ އަހަރުން ފެށިގެން ގިނަ މަސްތަކެއް ވަންދެން އުޅުނުކަމަށް ބުނެފައެވެ. މިވާހަކަތައް ސްޓޯމީ މީޑިޔާތަކާ ފުރަތަމަ ހިއްސާކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ.

އެހެންނަމަވެސް ރައީސް ޓްރަމްޕް ވަނީ އެ ވާހަކަތައް ދޮގުކޮށް، ސޮޓޯމީއާއި ލޯބީގެ ގޮތުން ގުޅިފައިވާކަމަށް ދެކެވޭވާހަކައަކީ ބޮޑު އޮޅުވާލުމެއް ކަމުގައި އެތައް ފަހަރެއްގެ މަތިން ބުނެފައެވެ.