ބާރުގަދަ ތޫފާން ލެކީމާގައި ޗައިނާއިން 13 މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ތޫފާން ލެކީމާގައި މިހާތަނަށް 13 މީހުން މަރުވެފައިވާއިރު ޗައިނާގެ ގިނަ ޕްރޮވިންސްތަކުން އެއް މިލިއަން މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ.

ޗައިނާގެ މޫސުމާއި ބެހޭ އިދާރާއިން ބުނާގޮތުގައި ތޫފާން ލެކީމާގެ ސަބަބުން ބޯކޮށް ވާރޭވެހި 209 ކިލޯމީޓަރަށް ވައިގަދަ ވެފައިވާ ކަމަށެވެ.

ޗައިނާގެ ހަތް ޕްރޮވިނަސަކަށް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

ތޫފާނާއި ގުޅިގެން ޗައިނާގެ މޫސުމާއި ބެހޭ އިދާރާއިން މިހާރު ވަނީ ޒެއިޖަންގ ޕްރޮވިނަސަށް ރެޑް އެލާޓް ނެރެފައެވެ. އަދި މި ތޫފާނުގެ ސަބަބުން ޔެންގްޒް ކޯރުގެ ފެންގަނޑު އުފުލި ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވުން އެކަށީގެންވެއެވެ.

ޗައިނާގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދުގެ ވަގުތެއްގައި ޗައިނާގެ އިތުރު ސަރަހައްދުތަކަށް އެ ތޫފާނުގެ އަސަރު ކުރާނެއެވެ. އޭގެ ތެރޭގައި ޗައިނާގެ ޔުނާން އާއި ގުއިޒޫ ހިމެނެއެވެ.

ތޫފާނުގެ އަސަރުކުރުމުގެ ސަބަބުން އެއްގަމު ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރު ވަނީ ހުއްޓިފައެވެ.

ހުޅަނގު މޫސުމުގައި ވަރުގަދަ ތޫފާންތަކާ ކުރިމަތިލާން ޗައިނާއަށް އާއްމުކޮށް ޖެހެ އެވެ.