އިސްރާއިލް އިން އަތްގަދަކޮށްފައިވާ ޕަލަސްތީނުގެ ބިމާއި، ޣައްޒާ ގުޅޭ ބޯޑަރު ސަރަޙައްދުގައި އިސްރާއިލްގެ ޔަހޫދީ ސިފައިން ހިންގި ޖަރީމާތަކެއްގެ ތެރެއިން، ފަލަސްތީނުގެ އާންމު ހަތަރު މީހަކަށް ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.

ނޫސްތައް ބުނާގޮތުގައި އިސްރާއިލް ސިފައިން މި ހަތަރު މީހުންނަށް ހަމަލާދީ ޝަހީދުކޮށްލީ، މާދަމާ މުސްލިމުން ފާހަނގަކުރާ އަޟްހާ ޢީދަށް ފަލަސްތީނުގެ މުސްލިމުން ތައްޔާރުވަމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޣައްޒާ ބޯޑަރު ސަރަޙައްދުންނެވެ.

އިސްރާއިލް ސިފައިން މި ހަތަރު މީހުން ޝަހީދުކޮށްލީ އެމީހުން ބޯޑަރު ސަރަޙައްދުގައި ތިއްބައި ބަޑިން ހަމަލާދީގެންނެވެ. އޭގެތެރެއިން އެކެއްގެ ގަޔަށް ބަޑި ޖެހީ އޭނާ ބޯޑަރު ހުރަސްކޮށް، އިސްރާއިލް އިން ހިފާފައިވާ ސަރަޙައްދަށް ވަނުމުން ކަމަށް އިސްރާއިލްގެ އޮފިޝަލުން ނޫސްތަކުގައި ބުނެފައިވާއިރު، ދެން ތިބި މީހުން ޝަހީދުކޮށްލީ އެމީހުންގެ އަތުގައި ހަތިޔާރު ހުރުމުން ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.

ނަމަވެސް ފަލަސްތީނުގެ އެއްވެސް ޖަމާޢަތަކުން އިސްނަގައިގެން މިއަދު އިސްރާއިލް ސަރަޙައްދުގައި ހަތިޔާރާއެކު ހަރަކާތްތެރިވެފައި ނުވާ ކަމަށް މަސްދަރުތަކުން ބުނަމުންދާއިރު، އިސްރާއިލް އިން މިއަދު ޝަހީދުކޮށްލި މީހުން ތިބީ ހުސް އަތާއި ކަމަށް ފަލަސްތީނުގެ ބައެއް މީޑިއާތަކުން ބުނެއެވެ.

މުސްލިމުން ފާހަގަކުރާ މުސްލިމުންގެ ޚާއްސަ ދުވަސްތަކާއި ދިމާކޮށް އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން އަބަދުވެސް ޖަރީމާތައް އިތުރު ކުރާއިރު، ފަލަސްތީނަށް އިސްރާއިލް އިން، ޢީދު ދުވަސްތަކާއި ދިމާކޮށް ވަރުގަދަ ހަމަލާތައް ކުރިންވެސް ދީފައި ވެއެވެ. އުފާވެރި އެ ދުވަސްތަކުގައި ބޮޑެތި ލޭއޮހޮރުވުން ހިންގައި އެތައް އާއިލާތަކަށް ބޮޑެތި ހިތާމަތަކާއި ކުރިމަތި ކުރުވުމަކީ ޔަހޫދީން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް ތަކުރާރުކޮށް ކުރަމުން އަންނަ ކަމެކެވެ.

އިސްރާއިލް އިސް ފަލަސްތީނުގެ ބިންތަކަށް އަތްގަދަކޮށް، އެ ބިމުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ވަޒަނުން ފައްސާލާފައިވާއިރު، ދުވަހެއް ދުވަހަކަށް މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދަނީ ވަރުގަދަ ކުރަމުންނެވެ. މިކަމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަލަސްތީނުގެ ރައްޔިތުން އާންމު ގޮތެއްގައި ޣައްޒާގެ ބޯޑަރު ސަރަޙައްދަށް އެއްވެއެވެ. ނަމަވެސް ހުސް އަތާއި ތިބޭ އެމީހުންނާއި އިސްރާއިލް ސިފައިން ކުރިމަތިލަނީ ހަތިޔާރާއެކު އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ އަހަރުގެ މާރިޗު މަހުން ފަށައިގެން މިއަހަރުގެ މިހާތަނަށް ޣައްޒާގެ ބޯޑަރު ސަރަޙައްދުން އިސްރާއިލްގެ ވަކިތަކުގެ ދަށުވެ މިހާތަނަށް 300 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުގޫފާރު މީހާ

    ޔަހުދީންނަށް ގެއްލުމާއި ހަލާކު ދެއްވަވައި ނެތިކުރައްވާންދޭވެ. އާމީން

    29
    • ޢަޒްރާ

      ޑިމޮކްރަސީ އޮތްތަނެއްގަ ހަމޖެހުމެއް ނުލިބޭނެ. ޢަމިއްލަ އަތުން ހަދާ ތައްޔާރު ކުރި އެއްޗަކައް އީމާންވެގެން ތިބެ ދެން މުސީބާތެއް އަޔަސް ކޮއްޕާ ދުރައް ޖައްސާލާނީ ތޯ؟

      2
      2
  2. ކޮސް

    މަބުނީމެއްނު؟ އަދި ތިޔަށް ވުރެންވެސް ބޮޑުވަރު ކުރާނެ.

    1
    1