ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއް ކަމަށްވާ ކެނެޑާގެ "ސީ ޓު ސްކައި ގޮންޑޯލާ" ނަމަކަށްކިޔާ ސަރަޙައްދެއްގައި އޮޕަރޭޓުކުރަމުން ދިޔަ ބޮޑު ކޭބަލްކާރު ސިސްޓަމެއްގެ ކޭބަލް ކަނޑައިގެން ގޮސް، އޭގައި ބޭނުންކުރަމުންދިޔަ ކާރުތަކާއެކު ވެއްޓި ފުނޑުފުނޑުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި އެޤައުމުގެ ވެންވޯވާ ސިޓީ ކައިރީގައި އޮންނަ މި ސަރަޙައްދުގައި ހިނގި މި ހާދިސާގައި އެ ކޭބަލް ކާރު ސިސްޓަމުގައި ބޭނުންކުރަމުން ދިޔަ 30 ކާރު ކޭބަލުން ވަކިވެ ފަރުބަދަމަތީ ސަރަޙައްދުން ވެއްޓި ހަލާކުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން އެ ކޭބަލް ކާރު ސިސްޓަމް ހިންގާ ކުންފުނިން ވަނީ، އެއީ ބަޔަކު ގަސްތުގައ ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އެއާއެކު ކެނެޑާގެ ފުލުހުން މިހާރު ވަނީ އެ ސަރަޙައްދަށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށް ތަހުޤީޤެއް ފަށާފައެވެ. މި ސިސްޓަމް އޮޕަރޭޓުކުރާ ފަރާތްތަކުން މީޑިއާގައި ބުނެފައިވަނީ، އެ ސިސްޓަމުގެ ކޭބަލްތަކުގެ ފުޅާމިނުގައި ދެ އިންޖި ހުންނާނެ ކަމަށާއި، އެއީ ރައްކާތެރި ކަމަށް ބަލައި ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ސިސްޓަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ކަމެއް ކުރިމަތިވާނީ ބަޔަކު ގަސްތުގައި ކުރި ކަމަކުން ކަމަށް ޔަޤީން ކުރެވޭ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

 

މި ހާދިސާ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން މިހާރު ދަނީ ތަހުޤީޤަށް ގިނަ ބަޔަކާއި ސުވާލު ކުރަމުންނެވެ. ނަމަވެސް އަދި ހާދިސާ އާއި ގުޅިގެން ތުހުމަތު ކުރެވޭ މީހަކުވެސް ހޯދިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ކޭބަލް ކާރު ސިސްޓަމް އޮޕަރޭޓް ނުކޮށް އިން ވަގުތެއްގައެވެ. މި ހާދިސާ ހިނގި ވަގުތު ހުރިހާ ކާރުތައް އޭރު ހުރީ ސްޓޭޝަންކޮށް ހުއްޓުވާފައި ކަމުން، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

"ސީ ޓު ސްކައި ގޮންޑޯލާ"ގެ އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މި ސަރަޙައްދު، ހާދިސާ އާއި ގުޅިގެން މިހާރު ވަނީ ބަންދުކޮށްފައެވެ. އެއީ ބިމާއި 3000 ފޫޓު މަތީގައި ޤާއިމްކޮށްފައި ހުރި ސިސްޓަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވަހުތާނު އަހުމަދު

    ޖާބެގެ ކޭބަލްކާރު ކިހާވަރަކުންދާނެބާ ؟؟

    10
    4
  2. މާލެ

    ޖާބިރުގެ ސިސްޓަމުވެސް އެއްމެފަހުން ކާށިދޫކަނޑައް ޕަޗަސް ހުމީހުންއޮޔާދާނީކަންނޭނގެ ކޯސްޓުގާދުވަރައްމުހިއްމު

    6
    2
  3. ކޮބާ ޖާބިރޫ

    އެނެއްކަ ޖާބިރު އަޅާދޭ ކޭބަލް ކާރު ސިސްޓަމް ކަޑައިގެން ގޮސް ކާށިދޫ ކަނޑުގެ މެދަށް ވެއްޓޭގޮތައް ފެންވަރު ދައްކޮއް ނުހަދައްޗޭ. ފެންވަރުގަ ހަދާނެ ކަމަށް އުންމީދު ކުރަން. 2 އިންޗި އަށްވުރެ ކޭބަލް ބޮޑުކުރައްޗޭ ޖާ...

    8
    2
  4. ޖާބިރު

    ކޮބާތަ ޖާބިރު

    11
    2
  5. އަޙުމަދު ޙަމީދު

    ޖާބިރުގެ ސިސްޓަމަކަށް ތިހެންނެއް ނުވާނެ.

    9
    3
  6. ސުހައިލް

    އަވަސް ކުރޭ ލޮލީބޭބެ

    9
    2