ކުއްޖަކު ވަގަށްނެގި ރާމާމަކުނެއް އިންޑިޔާގެ ފުލުހުން ހޯދަންފަށައިފިއެވެ.

މީޑިޔާ ރިޕޯޓްތަށް ބުނެފައިވަނީ ރާމާމަކުނެއް ވަގެއްނެގި ޚަބަރު ފުލުހުންނަށް ރިޕޯޓް ކުރުމާއެކު ކުއްޖާހޯދުމުގެ މަސައްކަތް އިންޑިޔާ ފުލުހުން ފަށައިފައިވާކަމަށާއި ވަޅެއްގެ ތެރޭގައި އޮއްވާ ކުއްޖާ ފެނިފައިވާކަމަށެވެ.

ފުލުހުން ދަނީ އެރާމާމަކުނު އުޅޭ ސަރަހައްދުގެ އާމުންނާ ގުޅިގެން ޚާއްސަ އޮޕަރޭޝަންއެއް ހިންގަމުންނެވެ. މިއޮޕަރޭޝަންގެ މަޤްސަދަކީ މިގޮތަށް އުޅޭ ރާމާމަކުނުތަށް ހިފާ ހައްޔަރު ކުރުމުމެވެ.

ބޭރުގެ މީޑިޔާއަކަށް ދެއްވި ބަސްދީގަތުމެއްގައި ރާމާމަކުނުގެ އުދަގޫ މިހާރު ވަރަށް ބޮޑުވެފައިވާކަމަށާއި އެހެންނަމަވެސް މިއަދު މިހިގި ކަމަކީ ވަރަށް މަދުން ނޫނީ ނުހިގާ ހާާދިސާއެއް ކަމަށެވެ.

ގެއްލުނު ކުއްޖާގެ މަންމަ ބުނެފައިވަނީ ރާމާމަކުނު އައިސް ކުއްޖާ ގެންދިޔައީ ގޭތެރޭގައި ބާއްވާފައި އޮއްވާކަމަށާއި ގެންދިޔަ މަންޒަރު ފެނުނު ކަމަށެވެ. އަދި އެކުއްޖާގެ މަންމަ ބުނެފައިވަނީ އެކުއްޖާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން ކާމިޔާާބުވެފައި ނުވާކަމަށެވެ.

ކުއްޖާއަށް ޒަހަމްތަކެއް ވެފައިވީ ނަމަވެސް މާބޮޑު އަނިޔާއެއް ނުވާކަމަށް ކުއްޖާ ބެއްލެވި ޑޮކްޓަރ ބޭރުގެ މީޑިޔާތަކަށްވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު