އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރަކު މިއަހަރު ހައްޖުގެ އަޅުކަން ފުރިހަމަ ކުރައްވައިފިއެވެ.

ހައްޖުގެ އަޅުކަން އަދާކުރެއްވި ދެ މެންބަރުންނަކީ ވެސް އިނގިރޭސިވިލާތުގެ އިދިކޮޅު ޕާޓީ ކަމަށްވާ ލޭބަ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދެ ބޭކަނބަލުންނެވެ. ހައްޖުގެ އަޅުކަން އަދާކުރެއްވީ ޝެޑޯ މިނިސްޓަރ ފޯރ ޖަސްޓިސް، ބޮލްޓަން ސައުތު އީސްޓް މެންބަރު ޔާސްމީން ޤުރޭޝީ އާއި ބްރެޑްފޯޑް ވެސްޓްގެ މެންބަރު ނާޒް ޝާހް އެވެ.

ދެބޭކަނބަލުންނަކީ ވެސް އޯލް-ޕާޓީ ޕާލަމެންޓްރީ ގްރޫޕް އިން ހައްޖާއި އުމްރާގެ ކަންކަން ބެލެހެއްޓުމާއި ހަވާލު ކުރައްވާފައިވާ ދެބޭކަނބަލުންނެވެ. ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު ދެބޭކަނބަލުން ސައުދީ އަރަބިއްޔާގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެބޭފުޅުންގެ ހައްޖު ދަތުރުގައި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ އިތުރުން ހައްޖުވެރިންނަށް، އިނގިރޭސިވިލާތުގެ ސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވާ އިންތިޒާމްތައް ހުރީ ރަނގަޅަށްތޯ ބެއްލެވި ކަމަށެވެ.

މިއަހަރު އިނގިރޭސިވިލާތުން 26000 މީހުން ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައިވެއެވެ.

ޔާސްމީން ވިދާޅުވީ ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ހައްޖުގެ އިންތިޒާމްތައް ކޮށްފައި ހުރީ ވަރަށް ރަނގަޅަށެވެ.

މިއީ ޔާސްމީން ހައްޖުގެ އަޅުކަން އަދާކުރެއްވި ދެވަނަ ފަހަރެވެ. އެކަމަނާ ފުރަތަމަ ހައްޖުވެ ވަޑައިގެންނެވީ މީގެ ވިހި އަހަރު ކުރިންނެވެ. ނަމަވެސް މިއީ ނާޒް ހައްޖުވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ދެބޭކަނބަލުން ވެސް ވިދާޅުވީ އަދި އެނބުރި މައްކާގެ ބިމަށް ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަހަރު 2.5 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަން ފުރިހަމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަންދެބަސް

    މިކަން މީ އާކަމަކީތަ؟ ކިތަންމެ ތަހުޒީބު ގައުމެއްގަވެސް މުސްލިމުން އުޅޭނެ އެއްނު؟

    4
    10
    • ކުރަފި

      ހިކަނދި މީދާވެސް އުޅޭނެ.

      3
      6