ސުޕަ ޕަވާ އަކީ އެމެރިކާ ނޫން ކަމަށާއި ސުޕަ ޕަވާ އަކީ ހެއްދެއްވިފަރާތް ކަމަށް ބުނެ އީރާނުން އެމެރިކާ އަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އީރާނުގެ ހާރިޖީ ވަޒީރު ޖަވާދު ޒާރިފް ބައެއް ނޫސްތަކަށް މަައުލޫމާތު ދެއްވަމުން ވިދާޅުވީ އީރާނަކީ އެމެރިކާގެ އަޅެއް ކަމަށް އެމެރިކާއިން ދެކުމަކީ ކުއްހީއެއް ކަމަށެވެ.

"ދުނިޔޭގެ ސުޕަ ޕަވާ އަކީ އެމެރިކާއެއް ނޫން, އަސްލު ހަގީގީ ސުޕަ ޕަވާ އަކީ ހެއްދެވި ފަރާތް, އަދި އީރާނަކީ އެމެރިކާގެ އަޅެއްވެސް ނޫން, އެމެރިކާ އިން ހީކުރަނީ އީރާނުން އެމީހުންގެ އޯޑަރުތަކަށް ތަބާވާނެ ކަމަށް" ޒާރިފް ވިދާޅުވިއެވެ.

ޖަވާދް ޒާރިފް އިތުރަށް ވިދާޅުވީ އީރާނަކީ އެމެރިކާ އަށް ވުރެން އެތަށް ހާސް އަހަރުގެ ދިގު ތާރީހެއް އޮތް ގައުމެއް ކަމަށާއި އީރާނަކީ އަރަބި އެހެން ގައުމުތަށް ގޮތަށް އެމެރިކާ ދެކެ ބިރުގަންނަ ގައުމެއް ނޫން ކަމަށެވެ.

"އެއްވެސް ބާރަކީ ތާ އަބަދަށް އޮންނާނެ ބާރެއް ނޫން, އެމެރިކާއިން އެ ގެންގުޅޭ ވިސްނުން ބަދަލު ކުރަން ޖެހޭ" އޭނާ ވިދާޅުވިއެވެ.

ނިއުކްލިޔާ އެއްބަސްވުމުގެ މައްސަލާގައި އެމެރިކާއިން ވަނީ އީރާނުގެ ނުރައްކާ ބޮޑުވެއްޖެ ކަމަށް ބުނެ ގަލްފް ކަނޑަށް މަނަވަރުތަށް ފޮނުވާފައެވެ. އީރާނުން ބުނެފައި ވަނީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.

އީރާނުން ދާދި ފަހުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ ޑްރޯން އެއްވެސް ވައްޓާލާފައެވެ. މި ހަމަލާގެ ރައްދުގައި އެމެރިކާގެ ރައީސް ޓްރަންޕް ވަނީ އީރާނަށް ހަމަލާދިނުމަށް ހުއްދަ ދިނުމަށް ފަހު އެނިންމުން ފަހުން ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަގީގަތް

    ﷲ އަކްބަރު

    66
  2. ޜޯނުއެދުރު

    ޙައްްްޤު ބަސް

    48
  3. ކިޔާ

    އެބުނީ އެންމެ ތެދުބަސް..

    51
    1
  4. އަޙްމަދް

    ހެއްދެވި ފަރާތޭ ކިޔައިގެން ވާހަކަ ދައްކަން
    ތި މުޑުދާރު ޝީޢީ ރާފިޟީން ޤަބޫލުކުރާ ހެއްދެވި ފަރާތެއް ވޭބަ؟

    5
    63
    • ޖުންޓު

      އެހެންތަ ތިމީހުންގެ ސްވީޓް ސައުދީ މީހުންނަށް މިވަރު އެއްޗެއްވެސް ބުނެލަން ނުކެރޭ އެމެރިކާ ބުޑުގަ ކުޑަކަކޫ ޖަހައިގެން

      43
    • ބަކުރުބެ

      އަހައްމަދާ ކަލޭ ވެއްޖެއެއްނު އަބަދު ޝީޢީ ރާފިޟާ އިންނޭ ނުގޮވާ އެއީ ކޮންބައެއް ތަފުޞީލްކޮށް ކިއުންތެރިންނަށް އޮޅުންފިލުވާދޭން އެކަމަކު އީރާނުގަ އުޅެނީ ހުސް ޝީޢި ރާފިޟާ އިން ނޫންކަން އަހައްމަދަށް ނޭގެނީ ކަންނޭގެއެވެ

      28
      1
      • ހާކިމާ

        ޝީޢީން ކާފަރުކުރަނީ ތިއަ އާލުސޫދުން އުފެއްދި މުރުތައްދު ސަލަފީން. ނަބިއްޔާ. ސ ޢ ޥ އަކީ ސުންނީ މުސްލިމެއްތޯ ނުވަތަ ސަލަފީއެއްތޯ އަހުމަދު އަޅެ ބުނެދީބަލަ.

        3
        1
  5. ހުސޭނުބޭ

    ތިއީ މިކާއިނާތުގެވެސް އެންމެ ބޮޑު ހަޤީޤަތް!

    59
  6. ޑޮން

    މިރާއްޖޭގެވެރިންވެސް ހަނދާންކުރަން ރަނގަޅުވާހަކައެއް

    24
  7. ލޯންސްޓަރ

    ޢިރާނުގެ ފާރިސީ ކަލޭގެ ތިހެން ނުބުންޏަސް ތިކަން އިގޭ. އެކަމަކު މިވަގުތު ދުނިޔޭގެ ސުޕަރ ޕަވަރޭ ކިޔާ ނިސްބަތް ކުރަނީ މައުނަވީގޮތުން ގައުމަކަށޭ. ގަބޫލުކުރިޔަސް ނުކުރިޔަސް އެއީ އެމެރިކާ.

    1
    21
  8. ލެއްގި ކޮމިޝަނަރ

    މޮޔަފާރިސީން

    1
    20