އިންޑިއާގައި ބަނގުރާ ވިއްކާ ހޮޓެލްތަކާއި ރެސްޓޯރެންޓުތައް އަދި ބާރތަކުން، އެތަކެތި ވިއްކާ މިންވަރު އިތުރު ކުރުމަށް އަންގައި މަޖުބޫރުކޮށްފިއެވެ.

އެޤައުމުގެ ރާޖަސްތާނުގައި ސަރުކާރުން މިގޮތަށް ކަނޑައަޅައި ވިޔަވާރިކުރާ ފަރާތްތަކަށް އަންގާފައިވަނީ ރާ ވިއްކާ އަގު މަތިކޮށް އެތަކެތި ވިއްކުމުގެ ހުއްދައަށް ޚަރަދު ކުރާ ފީ ވެސް ދާދި ފަހުން އިތުރުކޮށްފައި ވަނިކޮށެވެ.

ރާޖަސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެ ސްޓޭޓުގެ 300 އަށްވުރެ ގިނަ ހޮޓެލްތަކާއި ރެސްޓޯރެންޓް އަދި ބާރ ތަކަށް ނޯޓިސް ފޮނުވާފައެވެ. އެ ނޯޓިސްގައި ވަނީ، އެތަންތަނުން މިހާރު ބަނގުރާ ވިއްކާ މިންވަރު 10 އިންސައްތަ އިތުރު ނުކޮށްފިނަމަ ޖޫރިމަނަކުރާނެކަން އަންގައި އިންޒާރު ދީފައެވެ.

މި ނިންމުމާއި ގުޅިގެން ރާޖަސްތާނުގެ ވިޔަފާރިވެރިން މިހާރު ހިތްހަމަ ނުޖެހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުން ދާއިރު، އެފަރާތްތަކުން ބުނެފައި ވަނީ އިގްތިސާދު ހަރުދަނާކޮށް މަތިކުރުމަށް ކަމަށް ބުނެ ނިންމާފައިވާ މި ނިންމުމަކީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ.

އިގްތިސާދު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ މައްސަލައިގައި ރާޖަސްތާނުގެ ސަރުކާރުން މިހާރު އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައިވާއިރު، އެފަރާތްތަކުން ނިންމީ ވިޔަފާރިވެރިންނަށް ތަކެތި ވިއްކާ އަގުތައް މަތިކޮށް، ބަނގުރާ ވިއްކަން ޖެހޭ ވަކި މިންވަރެއް މަޖުބޫރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮނިފުހޭ

    މިއީ ގެރި މޯދީ ގައުމުގެ އަސްލު ސޫރަ

    10
  2. އެމީހުން ގަތީމާ

    ދެން މިގައުުމުގެ ގާނޫނުހަދާ މަޖިލިސް އެމީހުން ގަތީމާ ކިހިނެތްވާނީ؟

  3. އިންޑިއޯ

    ގޮރު ގެރި ބޮޔާ މީ ކޮންކަހަލަގެ އުސޫލެއް، އިންސާނުންނޭ ބުންުޏަސް މީ އިންސާނުންގެ ހަލާކު