ހޮންގް ކޮންގް ގެ މައި އެއާޕޯޓް ތެރޭގެ ތިބި އެތައް ހާސް މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ކުރިމަތިލައި އެތައް ބަޔަކު ޒަހަމު ވެފައިވަނިކޮށް ހަމަނުޖެހުންރަކަށް މުޒާހަރާގެ ބައިވެރިން މައާފަށް އެދިއްޖެއެވެ.

އެއާޕޯޓުގައި ކުރިއަށްދާ ވަރުގަދަ މުޒާހަރާ ރޫޅާލަށް ހޮން ކޮންގެ އޭވިއޭޝަން އޮތޯރިޓީން ކޯޓު އަމުރެއް މިއަދު ހޯދުމާ އެކު އެއާޕޯޓު މިއަދު ހެނދުނު ވަނީ ހުޅުވާފައެވެ.

މުޒާހަރާގެ ބައިވެެެރިން ވަނީ ރޭ އެއާޕޯޓް ތެރޭ ހިންގި ހަމަނުޖެހުން ތަކުން ވަރަށް ބޮޑަށް ބިރު ގަނެފައިވާ ކަމަށާއި ހަމަނުޖެހުންތަކަށް ފަތުރުވެރިން ކިބައިން މައާފަށް އެދޭކަމަށް ބުނެފައެެވެ.

https://twitter.com/sotiridi/status/1161302643853221888?s=19

ރޭ އެއާޕޯޓް ތެރެއަށް ރަޔަޓް ގިޔަރުގައި ފުލުހުން ވަދެ ގަތުމުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ވަނީ ބޮޑު ކުރިމަތިންލުންތަކެއް ހިނގާ އެއާޕޯޓަށް ވެސް ބޮޑެތި ގެއްލުން ތަކެއް ދީފައެވެ.

އަދި މުޒާހަރާގެ ބައިވެރިނާއި ހެދި އެއާޕޯޓު ބަންދުކުރަން ޖެހުމާއި ގުޅިގެން ހުރިހާ ފްލައިޓެއް އިއްޔެ ކެންސަލް ކުރިއެވެ.

އެއާޕޯޓް ތެރެ ފުރާލާފައިވާ މުޒާހަރާގެ ބައިވެރިން ބުނީ ބޭރުގެ މުޒާހަރާ ކުރުމަށް ވުރެން އެއާޕޯޓް ތެރޭގައި އެމީހުންގެ ޝުއޫރު ފާޅުކުރަން މާ ރައްކާތެރި މާހައުލެއް އޮތް ކަމަށެވެ.

ހޮންގް ކޮންގެ ރައްޔިތުން ސަރުކާރު ބަދަލުކުރުމަށާއި، ޑިމޮކްރަސީއަށް ގޮވާލާ އަދި ކުށަށް ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ހޮންގް ކޮންގްގެ ގާނޫނަކަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް މުޒާހަރާތަށް ކުރާތާ މިހާރު ދެ މަހަށް ވުރެން ގިނަ ދުވަސްވެ މިހާރު މި މުޒާހަރާތަށް ވަނީ ތާރީހުގައި ވެސް އެގައުމުގައި ހިންގާ އެންމެ ބޮޑު ހަމަނުޖެހުމަށް ބަދަލުވެފައެވެ.

މުޒާހަރާތަކުގެ ސަބަބުން އެގައުމަށް ދަތުރުކުރަން ހަމަޖެހިފައިވާ ފުލައިޓުތަށް ކެންސަލްވެ އަދި ބޮޑެތި މަގުތަކުގެ ދަތުރުތައް ވެސް ވަނީ ހުއްޓުފަ އެވެ. މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 500 އަކަަށް ވުރެ މައްޗަށް އަރަ އެވެ.