ލަންކާގެ އަސްކަރީ މައި މަރުކަރެއްގެ ތެރޭގައި ބޮލަށް ބަޑި ޖަހައިގެން، ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
މިއަދުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވަފއި ވަނީ އުމުރުން 27 އަހަރުގެ ލަންކާއަށް ނިސްބަތްވާ ފިރިހެނެކެވެ.
ލަންކާގެ ޕޮލޮނަރުވާ އަވަށަށް ނިސްބަތްވާ އެމީހާ އަމިއްލަ ބޮލަށް ބަޑިޖަހައިގެން މަރުވީ، ޑިއުޓީގައި އެ އިދާރާގައި މަސައްކަތް ކުރަމުންދިޔަ ވަގުތެއްގައި ކަމަށް، އެޤައުމުގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
މި ހާދިސާ އާއި ގުޅިގެން ލަންކާގެ ފުލުހުންނާއި ކަމާއި ބެހޭ އިދާރާތައް ގުޅިގެން މިހާރު ތަހުޤީޤެއް ކުރިޔަށްގެންދާއިރު، އޮފިޝަލުން ބުނެފައިވަނީ، އޭނާ އަމިއްލައަށް މަރުވީ އޭނާއަށް 27 އަހަރު ފުރުނު އުފަންދުވަހު ކަމަށެވެ.
އޭނާ އަމިއްލައަށް މަރުވީ، އާއިލާގެ ތެރޭގައި ޖެހުނު މައްސަލައަކަށްފަހުކަން ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު