އެމެރިކާގެ ފިލިޑާފިއާގައި މީހަކު ފުލުހުންނަށް ބަޑިން ހަމަލާދީ ހަ ފުލުހަކު ޒަހަމް ކޮށްލައިފިއެވެ.

"ސީއެންއެން" އިން ބުނީ ބަޑިން ހަމަލާ ދިނުމުގެ ސަބަބުން ހަ ފުލުހަކު ޒަހަމްވި ކަމަށާއި ނަމަވެސް ހުރިހާ ފުލުހުންނަށް ވެސް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ހަމަލާ ދިން މީހާ، ފިލިޑާފިއާގެ ގެއެއްގެ ތެރޭގައި އެބަހުއްޓެވެ. އޭނާ އަށް އަމާޒުކޮށް ފުލުުހުން ދިން ހަމަލާތަކުގައި އޭނާ ޒަހަމްވެފައިވާ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. ފުލުހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ފުރަތަމަ ދިނީ އޭނާ ހުރި ގޭގެ ތެރޭގައެވެ. އެގޭގެ ތެރޭގައި ބައެއް ފުލުހުން ފުރަތަމަ ތާށިވި ނަމަވެސް ފަހުން ހުރިހާ ފުލުހުން ވެސް ވަނީ އެގޭގެ ތެރެއިން ނިކުމެފައެވެ.

ވާހަކަދައްކައިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ފުލުހުން ގަޑިއިރުތަކެއް ވަންދެން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ އޭނާ ވަނީ ފުލުހުންނާއި ވާހަކަދައްކަން ދެކޮޅު ހަދާފައެވެ. ނަމަވެސް ދެންމެ އޭނާ ފޯނުން ފުލުހުންނާއި ވާހަކަ ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފިލިޑާފިއާގައި ހިނގައިގެން އުޅޭ ބަޑި ޖެހުމުގެ ހާދިސާގެ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ހިއްސާކޮށްފައިވާ ކަމަށް ވައިޓްހައުސް އިން ބުނެއެވެ. ނަމަވެސް ހަމަލާ އާއި ގުޅިގެން ޓްރަމްޕް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މިއީ އެމެރިކާގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިނގި ބަޑި ޖެހުމުގެ ތިން ވަނަ ހާދިސާއެވެ.

ބަޑި ޖެހުމުގެ ހާދިސާތައް އިތުރުވަމުންދާތީ ބަޑި ކޮންޓްރޯލް ކުރުމަށް ގޮވާލާ އާއްމު ރައްޔިތުންގެ އަޑު އަނެއްކާވެސް ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ﷲ އަކްބަރ. ޢަލްހަމްދުލިﷲ

    7
    3
    • 《》

      އައިސިސް ގޮލައެއްދޯ.

      3
      3
      • Anonymous

        ކަލޭތީ ލާދީނީ ޔަޙޫދީ ގޮލައެއްދޯ

        3
        1
  2. ޙަސަނު

    《》އެއް ޖިންސުން ކައިވެނި ނުކުރެވިގެން އުޅޭ ގޮލައެއް ކަންނޭންގެ