ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްކާ އާއި މަދީނާގައި ހައްޖުވެރިންގެ ހާހަކަށް ވުރެ ގިނަ އޮޕަރޭޝަން ކޮށްފައިވާކަމަށް ހައްޖުވެރިންނަށް ސިއްހީ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރަކު ވިދާޅުވެއްޖެއެވެ.

އަބޫދާބީ އަށް ނިސްބަތްވާ ޑރ.އަބްދުﷲ ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި މައްކާ އާއި މަދީނާގައި 93 އެންޑޮސްކޯޕީ އާއި 532 ސާޖަރީ އާއި 498 ކާޑިކް ކެތު އަދި އޯޕެން ހާޓް ސާޖަރީސް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން 1491 ޑަޔަލިސިސް ސެޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއިން އެއްވެސް ކަމަކަށް، އެއްވެސް ހައްޖުވެރިއެއްގެ އަތުން ފައިސާ ނަގާފައި ނުވާކަމަށް ޑރ.އަބްދުﷲ ވިދާޅުވިއެވެ.

ހައްޖަށް ދިއުމަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުނު ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރުމުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ގިނަ ކަންތައްތަކެއް ހިލޭ ވެސް ކޮށްދެއެވެ.

މިއަހަރު ވެސް 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައިވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހައްޖުވެރިން ވަނީ 500 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ މިއަހަރު ވެސް ސައުދީ އަރަބިއްޔާ އަށް ހޭދަކޮށްފައެވެ.

ދުނިޔޭގައި ވެސް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ އެއް ގައުމަކީ ސައުދީ އަރަބިއްޔާއެވެ. އެހެންކަމުން އެގައުމަކީ މާލީ ގޮތުން ވަރަށް ފުދުންތެރި ގައުމެކެވެ. ނަމަވެސް ފަހަކަށް އައިސް ގައުމުގެ ދަރަނި ބޮޑުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އެމައްސަލަ ހައްލު ކުރުމަށް އިޤުތިޞާދު އެހެން ދާއިރާތަކަށް ހުޅުވާލުމުގެ މަސައްކަތް ސައުދީ އަރަބިއްޔާ އިން ގެންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ލިއުމުގެ ފަހުކޮޅުގައި ސަޢޫދީގެ ދަރަނި ބޮޑުވަނީ އެމެރިކާ އަތުން ހަތިޔާރު ގަނެ އަވައްޓެރު ޢަރަބި ޤައުތަކަށް ޙަމަލާދޭތީއޭ ލިއުނުނަމަ ވަރަށް ފުރިހަމަވީސް!

    5
    1
  2. ކަހެރުވައް

    ކޮން ކަލައެއް ގޮވާކަށް . އެމީހުން ބޮނޑިކޮށްގެން އެތިބީ އަހަރެމެންނަށް ވެސް ދެއްވާފައިވާ ތަނަވަސްކަންނޫންތަ؟

    2
    3
  3. ބުރޯ

    ސައޫދީ އަކީދަރަނި ވެރިވާން ޖެހޭ ތަނެއްނޫން . ސައޫދީ ދަރަނި ބޮޑުވަނީ އަމިއްލަވެރިކަން ދިފާ އުލުރުމަށް ގައުމުތައއ ނައްތާލަން މަސައްކަތް ކުރާތީ . އިރާގު ހަގުރާމަޔަށް 10 ވަރަކަށް ބިލިއން ޑޮލަރު އެމެރިކާއަށް ދިން .މިހާރު ޔަމަނުގާ ހިގަމުންދާ ހަގުރާ މައިގެ ހަރަދުތަކަށް އެތައް ބިލިއަނެއް ދަނީ ހަރަދު ކުރަމުން ، ސޫރިޔާ ހަގުރާމަޔަށް އެތައްބިލިއަނެއްދަނި ހަރަދު ކުރަމުން އެމެރިކާއަށާ ، ސޫރިޔާ ސަރުކާރާ ދެކޮޅުފަރާތްތަކަސް ދަނީ އެތައްބިލިނެއްގެ ފައިސާ އޮއްސަމުން. މީގެ އިތުރަށް މިހާރު އީރާނާ ދެކޮޅު ހަރަކާތްތަކުގާ ސައޫދީން ޖާގަދީފައިވާ އެމެރިކާ ސިފައިންގެ ހުރިހާ ހަރަދުރައްބަލަހައްޓަނީ ސައޫދީ ހަރަދުގާ. މިކަމަށް އެމެރިކާ ބިލް ކުރާނެ ވަރެއް އަދި ނޭގޭ .އެމެރިކާ ސަރުކާރުގެ ބަޖެޓް ޑެފިސިޓް ފޫބައްދަނީ ސައޫދީން އެމެރިކާއށް ދޫކޮށްފައިވާ 100 ބިލިއަން ޑޮލަރުގެ ލޯނަކުން. މިވަރުން ދަރަނިވެރި ނުވެ ދާނެތަ ؟