މެލޭޝިޔާއިން މިހާރު ހިމާޔަތް ހޯދައިގެން އެ ގައުމުގައި ދިރިއުޅެމުންދާ އިންޑިއާ އިން ހޯދަން ބޭނުންވެފައިވާ އިންޑިއާގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ޒާކިރު ނައިކު މެލޭޝިޔާއިން ބޭރުކޮށްލަފާނެ ކަމަށް ލަފާކުރެވެން ފަށައިފިއެވެ.

ދާދިފަހުން މެލޭޝިޔާގައި ޒާކިރު ނައިކު ދިން ތަގުރީރަކާއި ގުޅިގެން ޒާކިރު ބޭރުކުރުމަށް އެގައުމުގެ ތިން މިނިސްޓަރަކު ވަނީ އެދިފައެވެ. ޒާކިރު ނައިކު މެލޭޝިޔާއިން ބޭރުކޮށްލަން ޖެހޭކަމަށް ބުނެ ވާހަކަދެއްކި މިނިސްޓަރުންގެ ތެރޭގައި ހިމެނެނީ ކޮމިއުނިކޭޝަން އެންޑް މަލްޓި މީޑިއާ މިނިސްޓަރާއި ހިއުމަން ރިސޯސް މިނިސްޓަރާއި އަދި ވޯޓަރ ލޭންޑް އެންޑް ނެޗުރަލް ރިސޯސް މިނިސްޓަރެވެ.

ޒާކިރު މެލޭޝިއާއިން ބޭރުކޮށްލަން އުޅެނީ އެގައުމުގެ ތަފާތު ނަސްލު ތަކާއި ދީންތަކުގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތަކެއް ދައްކައިފައި ވާކަމަށް ބުނެއެވެ.

މި މައްސަލާގައި މެލޭޝިއާގެ ބޮޑު ވަޒީރު ޑރ މަހާތިރު އަދި ސާފު ޖަވާބެއް ނުދެއްވައެވެ. މަހާތިރު ކުރިން ވިދާޅުވެފައި ވަނީ ޒާކިރު އިންޑިއާއި ހަވާލު ނުކުރާނެ ކަމަށެވެ.

އިންޑިއާއިން ޒާކިރު ހޯދަނީ 2016 ވަނަ އަހަރު ޑާކާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ޒާކިރް ނައިކުގެ ތަގްރީރުތަކުން ހިތްވަރު ލިބުނު ބައެއް ކަމަށް ތުހުމަތު ކޮށެވެ. ޒާކިރު ވަނީ ހަމަ އެ އަހަރު އިންޑިއާ ދޫކޮށް މެލޭޝިއާ އަށް ގޮސްފައެވެ.

22 މީހުން މަރުވި އެ ހަމަލާ އަށް ފަހު ޒާކިރް ނައިކުގެ ޕީސް ޓީވީ ވަނީ ބަންގްލަދޭޝްގައި މަނާކޮށްފަ އެވެ. ޒާކިރު ނައިކް މަޝަހޫރުވުމުގައި ގުރުއާނާއި ހަދީސް ހިތުދަސްކޮށްފައި ހުންނަ ވަރާއި އެހެންދީން ތަކުގެ ފޮތްތަކުގެ ބައިތައް ހިތުދަސްކޮށްފައި ހުންނަވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުސޭނުބޭ

  ހެޔޮލަފާ މީހުންނަށް ބޮޑެތި އިމްތިޙާނުތައް އަންނާނެ!

  59
  2
  • މޮޔައެނޮނިމަސް

   ހިޓްލަރު ވެސް ހެޔޮލަފާ.ހާދަ އިމްތިހާނެކޭ އެކުރިމަތި އެވީ

 2. ނަޖީ

  ހެޔޮލަފާ ދީނީ އިލްވެރިޔަކު ނުބަހައްޓާނެ އިންޑިއާގެ މޯދީ ގޮރެއްލާމޯދީ

  27
  3
 3. ނަޖީ

  ޒާކިރުއައް ހެޔޮރަހުހުމައް ލައްށި އާމީން ގޮރއްލާ މޯދީ ކަހަލަ ނުބާ ނުލަފާ ޖާހިލުންގެ ކިބައިން ސަލާމައް ކުރައްވާށި އާމީން

  31
  2
 4. ސޮނިފުހޭ

  މަ އެސޮރު ބޭނުމެވެ ގެނޭ

  5
  2
 5. ބަނީ

  ޥަރަށް ރަނގަޅު ނިންމުމެށް

  2
  10
 6. ޙަސް ހަސަން

  ތިމިނިސްޓަރުން ނަކީ އިންޑިއާ ދަރިކޮޅުގެ މީހުން. އެމީހުން ކޮން ހެވެއް އެދޭނީ .

  7
  1