ގިނަ އަދަދެއްގެ އެމެރިކާގެ ސިފައިން ތަކެއް ގޮވައިގެން ދަތުރު ކުރި ފްލައިޓެއްގައި އަލިފާން ރޯވެއްޖެއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އަލިފާން ރޯވީ އަޔަލޭންޑްސް ގެ އެއާޕޯޓުން ޓޭކްއޮފް ކުރަން އުޅުނު އޮމާން އެއާގެ 763 މަރުކާގެ ބޯޓެއްގައި އެވެ. އަލިފާން ރޯވި އިރު ބޯޓުގައި 23 އެމެރިކާ ސިފައިންގެ މީހުން ތިއްބެވެ.

ބޯޓުގައި އަލިފާން ރޯވީ ލޭންޑިން ގިޔާ އަދި ބްރޭކް ސިސްޓަމުގައި މައްސަލަ ޖެހި އާދަޔާ ހިލާފަށް ހޫނުވެގެން ކަމަށް ވެއެވެ. މިހާދިސާގައި ބޯޓުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ބޯޓުން މިހާރުވެސް ދަނީ ކަޅު ދުން އަރަމުންނެވެ.

އަލިފާން ނިންވާ އުޅަދުތަށް ބޯޓު ކައިރީގައި ހަރަކާތްތެރިވަމުންދާއިރު އެއާޕޯޓް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.

ނުރައްކާތެރި ހާދިސާ އަކުން އެމެރިކާގެ ސިފައިންތަކެއް ސަލާމަތްވިއިރު 2017 ވަނަ އަހަރު އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ދެކުނުގެ ސްޓޭޓް މިސިސިއްޕީ އަށް ވެއްޓި 16 ސިފައިން ވަނީ މަރުވެފައެވެ.

މިއަދު ހިންގި ހާދިސާ ހިންގަން މެދުވެރިވި ސަބަބު ބެލުމަށް މިހާރުވަނީ ތަހުގީގު ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯބުރި

    ٱلْـحَـمْـدُ للهِ

    9
    3
  2. Anonymous

    މުސްލިމުންނަށް އިހާނެތިކޮއް ކަންތައް ކުރަމުންދާ ހަރުބީ ކާފަރުން ތަކެއް ވެއްޖެއްޔާ ހަމަ ٱلْـحَـمْـدُ للهِ