ކަޝްމީރުގެ މައްސަލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަސްލު މޫނު ދުނިޔެއަށް ހާމަވެއްޖެކަމަށާއި މޯދީ އަކީ މި ޒަމާނުގެ ހިޓްލަރު ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ 73 ވަނަ މިނިވަންދުވަހު މިނިވަން ކަޝްމީރުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ހާން ވިދާޅުވީ މޯދީ ނިސްބަތްވާ އާރުއެސްއެސްއަކީ ހިންދޫންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަަށާއި އެ ޖަމާއަތުން އަޑު އުފުލަމުން ދަނީ އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ގައުމަކަށް ހެދުމަށެވެ.

"ކުރިމަތިލާންޖެހިފައިވަނީ އާރުއެސްއެސްގެ ނުރައްކާތެރި ފިކުރާ, މަސައްކަތް ކުރެވެމުން މިދަނީ ނަސްލު ސާފުކުރުން ބޭނުންކޮށްގެން ކަޝްމީރުގެ އާބާދީ އެހެންގޮތަކަށް ބަދަލުކޮށްލަން, މާއްދާ 370 އާ ކުޅުއްވުމުގެ އަގު މޯދީއަށް ވަރަށް ބޮޑުވާނެ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކުރީންވެސް ތިބީ ކަޝްމިރާއެކު ކަމަށާއި މިހާރުވެސް މިތިބީ އެގޮތުގައި ކަމަށެވެ.

ކަޝްމީރު އިތުރަށް އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޕާކިސްތާނުން ދަނީ ވަރަށް ބޮޑަށް ބައިނަލްއަގުވާމީ މަސްރަހުގައި މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަގުރާމައެއްގެ ކޮޅުމަތި ފެންނަން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސޮނިފުހޭއިސްކިން ޓޯޓޯ

    މޯދީ ކަ ޝްމީރުމީހުންގެ ރޯމަސް ކާން ޓުރޭނިންގ ހަދަނީ ބެއާ ގުރިލްސް އާއިއެކު

    32
    1
  2. އ. ޖ. އ

    ޔާމީނަކީ ދިވެހިރާއްޖޭގެ ހިޓްލަރު

    9
    78
    • ޢަޒޫ

      ޢައްނި އަކީ މިޒަމާނުގެ ހިޓްލަރ.

      66
      4
    • އަން

      ކެނެރީގޭ ގުނޑާ އަކީ ދިވެހިންގެ ލޭބުއި ޑްރެކިޔުލަރ

      46
      1
    • މަދީޙު

      އަންނިއަކީ މުޅި ދިވެހި އުއްމަތަށް ފާވެފައި ހުރި ޔަހޫދީ ނަތަންޔާހޫއެއް.

      48
      1
    • ހުދުހުދު

      ކެނެރީގެ ޔަހޫދީ އަކީ މިޒަމާނުގެ ހިޓްލަރު

      40
      1
    • ދޮންބެ

      ކެނެރީގޭ ގަންޖާ ބޯ އަކީ މިޒަމާނުގެ ފިރުޢައުނު.

      24
      1
  3. މިމީހާ

    ކާފަރުން މުސްލިމުންނަކަށް ހެވެއްނޭދޭނެ!! އެކަން ވަރަށް ސާފުކޮށް ވަނީ ޤުރުއާންގަ ބަޔާންކުރަައްވާފަ.

    69
    1
  4. ŕަàަަàޖà

    ޢިމްރާން އެބުނީ ތެދެއް އެއީހަމަ މިޒަމާނުގެ ހިޓްލަރ

    65
    1
  5. މުހައްމަދު

    އ.ޖ.އ ބުނެބަލަ ޔާމީނު ހިޓްލަރ ވެގެން ކުރިކަމެއް. ގައުމުގެ އަދުއްވުންނާ ދެކޮޅަށް ޝަރީއަށް ހިންގީމާ ހިޓްލާރ އަށްވީތަ؟ ބޯގޯސް...

    51
    3
  6. Juhaa

    ޔާމީނެއް ނޫން މި ގައުމުގެ ހިޓްލަރަކީ. މި ގައުމުގެ ހިޓްލަރަކީ ވެލާނާގެއިން ވައްކަންކޮށް، ޤާޟީ ވަގަށް ނެގި ކަލޭގެ.

    61
    2
  7. އަސަދު

    އ.ޖ. އ އަށް ވެދުންސަލާމް! އަންނިއަކި ދަތްޖާލު ކައިރީގައި ތިބީ ދަތްޖާލުގެ ދަރިން! ސަޕޯޓުކޮށް ވަހަދައްކާނީ ދަތްޖާލުގެ ދޮންދަރިން!