ޕާކިސްތާން އާއި އިންޑިއާ ސިފައިން ހަމަލާތައް ބަދަލު ކުރަން ފަށައިފިއެވެ.

މި ހަމަލާތައް ބަދަލު ކުރަމުން ދަނީ ކަޝްމީރް ބައިކުރި ސަރަހައްދު ހުރަސްކޮށް ދެ ފަރާތުގެ މެދުގައެވެ.

ޕާކިސްތާންގެ އަސްކަރިއްޔާއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ސިފައިން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ ތިން ސިފައިން ޝަޙީދުވެފައިވާކަަމަށެވެ.

އަދި ޕާކިސްތާނުގެ ސިފައިން ދިން ހަމަލާތަކުގައި ވަނީ އިންޑިއާގެ ފަސް ސިފައިން މަރާލާފައެވެ.

އިންޑިއާ އާއި ޕާކިސްތާން އަނެއްކާވެސް ކޯޅެން ފަށާފައި ވަނީ، އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލަ އާއި ގުޅިގެންނެވެ.

އެ މައްސަލާފައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަނގުރާމައެއްގެ ކޮޅުމަތި ފެންނަން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މުހައްމަދު ނަޝީދު

  ﷲ އަށް ޙަމްދުހުރި، ގެރީގެ އަޅުތަކުން މަރުވާނީ..

  95
  1
  • ފިޔަވައި

   ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ހުރިހާ ފަރާތެއްވެސް މަރުވާނެ.
   ބަލިވެ ނިކަމެތިވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރި މީހުން.

   36
 2. އަން

  ލާދީނީ ސަރުކާރުގެންނަން ގެރިމޯދީ ފަންޑްކުރި. މިކަމުގެ ޝުކުރު އަދާކުރުމުގެ ގޮތުން ވގ ކިބޫ ހުންނާނީ ޕާކިސްތާނުގެ މުސްލިމުންނާ އިދިކޮޅަށް ހިންދޫންނަށް ވާގިވެރިވާ މީހެއްގެ ގޮތުގައި. ކޮބާތަ ސޭކު

  48
  2
 3. އަހުމަދު

  މި ހަބަރު ލީ ކުއްޖަކައް ހެޔޮރަހުމަތް ލައްވާށި.... އިބާރާތްތައް ވަރައް ފުރިހަމަ

  52
  2
 4. މާމިގިލީ މީހާ

  މި ރާއްޖޭގެ ސަރުކާރަކީވެސް ގެރި އަށް ބާރުދީ ހިއްވަރުދޭ ބައެއް.

  50
  3
 5. ވައިގެ ސިފައިން

  ތާރީޚު އިޢާދަވާނެ، ﷲ ސުބްޙާނަހޫގެ އިރާދަފުޅުން މިފަހަރުވެސް ޕާކިސްތާނުގެ ވައިގެ ޢަސްކަރިއްޔާގެ ކުރިމަތީގައި އިންޑިއާ ކުޑަކަކޫޖަހާނެ. ވަރުގަދަ ވައިގެ ޢަސްކަރިއްޔާ އަކީ ގައުމެއް ދެމިއޮތުމަށް ހަމަކޮންމެހެންވެސް މަޖްބޫރު ކަމެއް.

  40
 6. އަލީ

  ބޮޑުވަރު. ޕާކިސްތާނުގެޗއެންމެންނަކީ މުސްލިމުންތަ؟ ލިޔުންތެރިޔާއަށް އައްސަރިބަހާ ސާބަސް.

  23