ޕާކިސްތާނާއި ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އިންޑިއާއިން ދީފިއެވެ.
ޕާކިސްތާނާއި ދެކޮޅަށް ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދިނީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްރާތް ސިންހް އެވެ.
ޕާކިސްތާންގެ ނަން ފާހަގަނުކޮށް ރަޖްނާތް މިއަދު ވިދާޅުވީ "މިހާރު ދިމާވަމުންދާ ކަންތައްތަކާއި ގުޅިގެން ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރުމަކީ ވެސް ކުރަން ޖެހިދާނެ ކަމެއް" ކަމަށެވެ.
ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އިންޑިއާގެ ޑިފެންސް މިނިސްޓަރު ދެއްވީ އިންޑިއާ އިން 1998 ވަނަ އަހަރު ފުރަތަމަ ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރި ސައިޓަށް މިއަދު ކުރެއްވި ޒިޔާރަތަކަށް ފަހު އެވެ.
ޕާކިސްތާނާއި ދެކޮޅަށް ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އިންޑިއާ އިން ދިންއިރު ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން އަނެއްކާވެސް ވަނީ ވަރަށް ގޯސްވެފައެވެ. ޕާކިސްތާނުން ވަނީ އިންޑިއާ އާއި ދެކޮޅަށް ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
ޕާކިސްތާނަކީ ވެސް ނިއުކްލިއާ ބާރެކެވެ. ޕާކިސްތާނާއި އިންޑިއާ އަކީ ނިއުކްލިއާ ހަތިޔާރު ހުރި ދެގައުމަށް ވާތީ ދެގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށުމަކީ މުޅި ދުނިޔޭގެ ސަލާމަތައް ވެސް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
އިންޑިއާ ނިއުކްލިއާ ބާރަކަށް ހައްދަވައި ދެއްވި އޭރުގެ ބޮޑުވަޒީރު ވަޖްޕާއީ ކަނޑައެޅުއްވި އިންޑިއާގެ ސިޔާސަތަކީ ފުރަތަމަ ނިއުކްލިއާ ހަތިޔާރެއް ބޭނުން ނުކުރުމުގެ ސިޔާސަތެވެ. ވަޖްޕާއީ ވިދާޅުވެފައި ވަނީ އެއްވެސް ގައުމަކާއި ދެކޮޅަށް އިންޑިއާ އިން އިސްވެ ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށެވެ. އެސިޔާސަތު ވަޖްޕާއީގެ ފަހުން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުން ވެސް އައީ ދަމަހައްޓަވަމުންނެވެ.
ނަމަވެސް ނަރެންދްރަ މޯދީ އަށް އިންޑިއާގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ފަހުން އެސިޔާސަތު ބަދަލު ކުރުމުގެ ވިސްނުން އިންޑިއާ ސަރުކާރުން އަންނަނީ ގެންގުޅެމުންނެވެ. 2016 ވަނަ އަހަރު އޭރު އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި މަނޯހަރު ޕްރިކާ ވެސް ވަނީ ނިއުކްލިއާ ހަތިޔާރު ހުރެ، އޭގެ ބޭނުން ނުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އާއި ޕާކިސްތާނުން މިއަހަރުގެ ކުރީކޮޅު ވެސް ހަމަލާތަކެއް ބަދަލުކުރިއެވެ.
ޕާކިސް ތާނާ ދެކޮޅައްނިއުކުލިއާ ބާރު ބޭނުންކުރުމަަކީއިންޑިޔާއައް ލިބިގެންވާހައްގެެއް.. ފޮރިންމިނިސްޓްރީ.. ހެހެހެ ކޮބާތަ އަދާލަތުއިމްރާނު އަލީޒާހިރުއިލްޔާސް..ނެތް ދޯ ބުނެލާނެ ބަހެއް..
އިންޑިއާ ސައިޒު އޮޅިގެން ނޫޅޭތި އިންޑިއާ އޮތް ތަން އަޅިއަށް ހަދާލާ އެތަނުގައި ދެން އޮންނާނީ ކަނޑު ކަން ތަމެންނަށް އިނގެން ޖެހޭނެއޭ މަމެން ބުނަން ނެތީމޭ..
ޑިވެހިން އަދިވެސް ތި ޢިލްޔާސަކާއި، އިމްރާނުދައްކާވާހަކަ އަޑު އަހާނެ. ޢެއިރުވެސް އަހަރުމެން އައީ ބުނަމުން ތިއީ ތުބުޅިލައިގެން ތިބި މުނާފިގުންނޭ!
ޕާކިސްތާނު އަންޑަރއެސްޓިމޭޓް ނުކުރުން ރަގަޅުވާނީ! ނިއުކްލިއަރ ހަނގުރާމައެއް ފައްޓާފިނަމަ މުޅި ރީޖަން އަނދާއަޅިއަށްވާނެ! ގެރިކަލާންގެތައް މޮޔަ ވެގެން އެއުޅެނީ! ޕާކިސްތާނަކީ އެމެރިކާގެ އަސްކަރީ ޓެކްނޮލޮޖީ ލިބިގެންވާ ގަދަފަދަ ބާރެއް! ތި ހަނގުރާމަ ތެރެއަށް ޗައިނާ ވަދެ މުޅި ދުނިޔެ ބޮޑު ނުރައްކަލަކަށް ވެއްޓިގެންދާނެ
ޗައިނާވެސް އެބައޮތް.
މުޅިދުނިޔޭގައި އޮންނަނީ އިންޑިއާ އެކަނިތަ؟
އަހަރެމެންނަށް ﷲ ފުދޭ.
ނިއުކުލިއަރ ހަތިޔާރު ހުރީ ކަލޭމެން އަތުގަ އެކަނިތަ؟؟ ޕާކިސްތާނުގަވެސް އެބަހުރި.. ތިޔައީ ނާތަހުޒީބު ހަޑި މުޑުދާރު ނުބައިވަސް ލަނޑާ ބައެއް.. ސީލާފަ ދަނޑިންތަޅާބަލަ..
އިންޑިއާ އިން އެބުނީ ލަދުހުތުރު ބަހެއް. އެންމެ ބޮޑު ޑިމޮކްރެސީ، އެންމެ ބޮޑު އެވެނި މިވެނި ސިފަތަކަށް ދައުވާކުރަމުން ދާއިރު އެބުނަނީ އަވަށްޓެރިޔާ އާއި އިދިކޮޅަށް ނިއުކްލިއަރ ބޭނުން ކުރާނަމޭ! ރަޖްނާތު، ކަލެއަށްވާ ސާބަސް.
އދ މަޖީލީހުން ގޮނޑިއެއް ހޯދާން އުޅޭ ބަޔަކު ދައްކާ ހަޑިމުޑުދާރު ވާހަކަ. އިގްތިޞާދީ ބާރަކަށް ވާން އުޅޭ ބަޔަކު ދައްކާ ހަޑިމުޑުދާރު ވާހަކަ. ހަޑިމުޑުދާރު ކަމުން މިހާރު ނުދައްކާ ވާހަކައެއް ނުކުރާ ކަމެއް ނެތް.
ތިކަހަލަ އިންޒާރެއް ޕާކިސްތާނުން އިންޑިޔާއަށް ދީފިނަމަ، ކާފަރު ގައުމުތަކުން ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ، އަދި ޕާކިސްތާނަށް ވުރެ ނުބައި ނުލަފާ، އިންސާނިއްޔަތުކަމެއްނެތް ޓެރަރިސްޓު ގައުމެއް މިދުނިޔޭގައި ނެތްކަމަށް ބުނެ، ޕާކިސްތާނު ސުންނާފަތިކޮށްލާނެ.