ކަޝްމީރު މައްސަލާގައި އެމެރިކާ އިން އިންޑިއާ އަށް ދެމުން އަންނަ އެހީތަށް ކަޑާލަން އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގައި ފުޅާ ދާއީރާއެއްގައި މަޝްވަރާ ކޮށްފިއެެވެ.
އެމެރިކާގެ ގާނޫން ހަދާ މަޖިލިސް ނުވަތަ ޔޫއެސް ސެނެޓުގައި ވާހަކަ ދެއްކި ބައެއް މެންބަރުން ވަނީ އިންޑިއާއިން ކަޝްމީރާއީ މެދު އަމަލު ކުރަމުންދާ ގޮތް ހަރުކަށި އިބާރާތުން ކުއްވެރިކޮށް ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތް އެމީހުން އަމިއްލަ އަަށް ވޯޓު މެދުވެރިކޮށް ނިންމަން ދޫކޮށްލަން ގޮވާލާފައެވެ.
US Senate Debates On Kashmir And Cutting Aids to India pic.twitter.com/Ru2ReyprKI
— Ashvaq Fauzee (@Ashvarg) August 17, 2019
ބަހުސްގައި ބައިވެރިވި ބައެއް މެންބަރުން ވަނީ އިންޑިއާ އަކީ އެމެރިކާގެ ގާތް އެކުވެރިއަކަށް ވިޔަސް އިންޑިއާއިން ކުރާ މިފަދަ އިންސާނީ ހައްގުތަކާއި ހިލާފު ކަންތަތަކަށް ތާއީދު ކޮށްގެން ނުވާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާއިން އިންޑިއާ އަށް ދެމުން އަންނަ އެތަށް މިލިއަން ޑޮލަރުގެ އެހީތަށް ހުއްޓާލަން ވަނީ ބަހުސްގައި ގޮވާލާފައެވެ.
އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަގުރާމައެއްގެ ކޮޅުމަތި ފެންނަން ވަނީ ފަށައިފައެވެ.
ކަޝްމީރު އިތުރަށް އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޕާކިސްތާނުން ދަނީ ވަރަށް ބޮޑަށް ބައިނަލްއަގުވާމީ މަސްރަހުގައި މަސައްކަތް ކުރަމުންނެވެ.
ކަޝްމީރުގެ މައްސަލަގައި އިންޑިއާގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ޕާކިސްތާނުން ކަނޑާލައި، ހާރިޖީ ގުޅުން ދަށްކޮށްލާފައި ވާއިރު ކަޝްމީރުގެ މައްސަލަ އަކީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށް އިންޑިއާއިން ދަނީ ގަދަ ބަސް ބުނަމުންނެވެ.
ތިޔައިންޑިއާ ކުޑަކަކޫމައްޗައްތިރިވަންދެން މަސައްކަތްކުރުމަށް ގޮވާލަން
ކަސްމީރު ރައްޔިތުންބޭނުންވާ ގޮތަކަށް އެ ސްޓޭޓް
ކަންކަން ހަމަޖެއްސުމުގެ އިޚްތިޔާރާއި ބާރު
ކަސްމީރަށް ދިނުމަށް އިންޑިއާއަށް ގޮވާލަމެވެ
އިންޑިއާގެ ނުފޫޒާއި ބާރު ބޭނުންކޮށް ކަސްމީރު
އަޅުވެތިކުރުމަކީ ހައްދުފަހަނަ އަޅާ ދިއުމެވެ.
ރާއްޖެއަށް ނިކަމެތިކަން ލިބޭނެ. މީ މިހާރު އިންޑިޔާ އަވަށެއް.
މާތްﷲ މުސްލިމުންނަށް ނަސްރާއި ކާމިޔާބު ދެއްވާށީ! އާމީން