ކަޝްމީރު މައްސަލައިގައި އިންޑިއާއަށް އެކި ޤައުމުތަކުންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ކުރިމަތިވަމުންދާ ފާޑުކިޔުންތައް ގިނަވެ، އިންޑިއާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ސައްޔިދު އަކުބަރުއްދީން ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެފަރާތްތަކަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ނިއުޔޯކުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސައްޔިދު ވިދާޅުވެފައި ވަނީ، ކަޝްމީރު މައްސަލައިގައި އިންޑިއާއިން ކަންތައް ކުރަންވީ ގޮތް، އެހެން ބަޔަކު ކިޔައިދޭން ނުޖެހޭނެ ކަމަށާއި، އިންޑިއާއިން އަމަލުކުރަން ޖެހޭގޮތް ޤައުމުތަކާއި ޖަމާޢަތްތަކަށް ނޭނގޭނެ ކަމަށެވެ. އަދި އިންޑިއާއިން އެ މައްސަލައިގައި އަމަލުކުރާ ކުރުމުގައި އެއްވެސް ގޯހެއް ވާނަމަ އެކަން ބަލާނީ ކޯޓުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސައްޔިތު މި މޭރުމުން ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ، އެއް ބަޔަކު ޖިހާދުގެ ނަމުގައި އިންޑިއާގެ ހަމަޖެހުން ނަގާލުމަށް ކުރަމުންދާ މަސައްކަތަށް ބައިނަލްއަޤުވާމީ ބޮޑެތި ބައެއް ޖަމާޢަތްތަކާއި ބައެއް ޤައުމުތަކުން ހިއްވަރުދެމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމުތަކެއް ކަން ނުވަތަ ކޮން ޖަމާޢަތްތަކެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔޫނިއަން ޓެރެޓަރީސްގެ ގޮތުގައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރެޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.

އިންޑިއާއިން މި ނިންމުން ނިންމުމުގެ ކުރިން އެމެރިކާގެ ބަހެއް ވެސް ނުހޯދާ ކަމަށް އެގައުމުން ބުނަމުންދާއިރު ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ކެމްޕޭން ވައުދެކެވެ. މި ވައުދު ފުއްދަން އިންޑިއާއަށް އެންމެ ބޮޑު އެހީއެއް ވަމުންދަނީ އިސްރާއީލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ އާއި އިސްރާއީލުގެ ގުޅުން ޒަމާން ތަކަކަށް ފަހު ބަދަހިވެގެން ދިޔައީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު އިސްރާއީލަށް ކުރި ދަތުރުގެ ތެރެއިންނެވެ. އޭގެ ފަހުން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ވެސް އިންޑިއާއަށް ދަތުރު ކުރިއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ވިސްނުމާއި ފިކުރު ދިމާވާ ހިސާބަކީ އެ ދެ ވެރިންވެސް މުސްލިމުންނާއި ދެކޮޅަށް ގެންގުޅޭ ހަރުކަށި ފިކުރެވެ.

ކަޝްމީރުގެ މައްސަލަގައި އިންޑިއާގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ޕާކިސްތާނުން ކަނޑާލައި، ޚާރިޖީ ގުޅުން ދަށްކޮށްލާފައި ވާއިރު ކަޝްމީރުގެ މައްސަލަ އަކީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށް ބުނެ އިންޑިއާއިން ދަނީ ގަދަ ދައްކަމުންނެވެ. ނަމަވެސް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ، ޕާކިސްތާން ސިފައިން ތިބީ ކަޝްމީރުގެ ރައްޔިތުންނާއެކު ކަމަށާއި، ހުރިހާ އިންތަކެއް ހުރަސްކުރައްވަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ގެރި މޯދީ

  ހުރިހާ އެހީއަކާ ހުރިިހާ ހުރިހާ ގުޅުމެއް އަވަސް ގޮތަކުން ކަނޑާލާ މީދުނިޔެއައް ޖެހިިފަ އޮތް ވަބާއެއް. ރޭޕިސްތާން

  33
  1
 2. ބާދަލާ

  ކޮބާ އަހަރެމެންވެސްކީ ހަމަތިހެން ދިވެހިންގެކަންތައްނިންމާނީ ދިވެހިންނޭ ބޭރުޤައުމުތަކުން އެކަމައްގޮތްކިޔާކައް ނުޖެހެއޭ އެކަމަކު އެއިރު ކަލޭމެންނައްކައް އެކަމެއްްޤަބޫލެއްނުކުރެވުނު މިހާރު ތިކިޔަނީ ހަމައެއްޗެހި އަހަރެމެންވެސް ތިކަމާބެހޭނަން

  17