އަޔޯނިއާ ކަނޑުގެ އަޑިޔަށް ބަރުގަދަ ލޮޅުމެއް އަތުވެއްޖެއެވެ.

އިޓަލީ އާއި ދެކުނު އަލްބާނިއާ އާއި ގްރީސްގެ ބޮޑު ބައެއް ޙިއްސާކުރާ އަޔޯނިއާ ކަނޑަށް މި ލޮޅުން އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ބިންހެލުންތައް މޮނިޓަރ ކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރ އިން ބުނިގޮތުގައި އަޔޯނިއާ ކަނޑުގެ އަޑިޔަށް މި ލޮޅުން އައީ ރެކްޓަރ މިންގަނޑުން 4.5 ގެ ބާރުމިނުގައެވެ.

މި ލޮޅުން އައީ ކަނޑުގެ ދެ ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާއިން ބުނެއެވެ.

މިއަދު އަަޔޯނިއާ ކަނޑުގެ އަޑިޔަށް އައި ބިންހެލުމުގެ އަސަރު، ސަރަޙައްދީ ޤައުމަކަށް ކޮށްފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާއިރު، މި ލޮޅުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު