އިންޑިއާގެ ވެރިރަށް ދިއްލީގައި ތިން މީހުން ވެގެން އުޒްބެކިސްތާނުގެ އަންހެނަކު ރޭޕް ކޮށްލައިފިއެވެ.

އުމުރުން 31 އަހަރުގެ މި އަންހެން ރޭޕްކޮށްލާފައި ވަނީ، ދިއްލީގެ މަގެއްގެ މަތިން ދުއްވާފައި ދިޔަ ކާރެއްގެ ތެރޭގައި ކަމަށް ވެއެވެ. އެއަށްފަހު އޭނާ މަގުމައްޗަށް އެއްލާލުމަށްފަހު އޭނާ ރޭޕްކޮށްލި މީހުން ފިލީ ކަމަށް ނޫސްތައް ބުނެއެވެ.

ދިއްލީ ފުލުހުން ބުނީ މި އަންހެން މީހާ އިންޑިއާއަށް އައީ މީގެ ހަތަރު މަސް ކުރިން ކަމަށާއި ދިއްލީގެ މަސުންތް ކުޖް ސަރަހައްދުން މި އަންހެން މީހާ، އެންމެ ފުރަތަމަ ކާރަކަށް އެރުވީ އޭނާގެ ރައްޓެއްސެއް ކަމަށެވެ.

ދިއްލީ ފުލުހުން މި މައްސަލާގައި މިހާރު އެކަކު ހައްޔަކު ކޮށްފައިވާއިރު، ހާދިސާ އާއި ގުޅުންހުރި އިތުރު ބަޔަކުވެސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރޭޕް ކުރުމަށް ފަހު މި އަންހެން މީހާ އެއްލާލާފައި އޮތީ އޭނާ ދިރިއުޅޭ ފްލެޓް ކައިރިއަށެވެ.

އިންޑިޔާގައި ރޭޕުކުރުމަކީ އާއްމުކަމަކަށްވާއިރު، ކޮންމަ ހަފްތާއަކުވެސް އެފަދަ ހިތްދަތި ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލުތައް ހިނގަމުން ދާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.

އިންޑިއާގައި ކުޑަކުދިނާއި އަންހެނުން ރޭޕްކުރުމުގެ މައްސަލަތަށް ވަނީ އިންތިހާ އަށް ބޮޑުވެގެން ގޮސްފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ގޮސްފައެވެ. އެގޮތުން މިފަދަ ކަންތައްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު އިންޑިއާގެ ސަރުކާރާއި، އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކަށް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރޭޕިސްތާން

  މިމީހުން ކައިރިން ވާގިވެރިކަން ހޯދަން އަންނި މި އުޅެނީ!

  55
  6
 2. ލިއްލި

  މޯދީ ވަރުގެ ވެރިޔެއް ނެތިގެން އުޅޭބަޔަކުވެސް އެބަތިއްބެންނު މިޤައުމުވެސް!
  އަދިވެސް ގެރި ހިމާޔަތް ކުރަން އުޅޭށޭބުނޭ!

  45
  1
 3. ނޫސްކިޔާމީހާ

  ރޭޕު އިންޑިޔާވިއްޔާ ވަނީ ތިހެންނުން

  35
 4. ޢަހުމަދު

  ބޭރު އަންހެނަކަށްވާނެ އިންޑިއާ އަންހެނާވެސް

  11
  4
 5. އަހަރުން

  ހިންދުސްތާން ނެހީ ރޭޕިސްތާން ހޭ

  12
 6. އައިސީ

  އިންޑިއާމީހުންގެ ޢަޤީދާ ރަނގަޅީ. އަޙްލާޤް އެހެރީ މަތީގިޔަރުގައި.