އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީންނަށް އަޅުކަން ކުރެވޭގޮތަށް، ފަލަސްތީނުގެ ޤުދުސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްސާއަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުން ހުރި ކަމަށް، އިސްރާއިލްގެ ސެކިއުރިޓީ މިނިސްޓަރ، ގިލާޑް އާދަން ބުނެފިއެވެ.

ގިލާޑުގެ ބަޔާނެއް އިއްވަމުން އޭނާގެ ތަރުޖަމާނު އިސްރާއިލްގެ ޤައުމީ ރޭޑިއޯގައި ބުނެފައި ވަނީ، މުސްލިމުންގެ ބިނާއެއްގެ ގޮތުގައި ބޭނުންކުރަމުންދާ އަޤްސާ މިސްކިތްތަކަކީ ހަމަ އެކަނި މުސްލިމުންގެ ތަނެއްގެ ގޮތުގައި އޮތް އޮތުމަށް ބަދަލު ގެނެސް، ޔަހޫދީންނަށް އެ މިސްކިތުގައި އެމީހުންގެ ދީންތަނަށް އަޅުކަން ކުރުމުގެ ފުރުސަތު ލިބިދޭން ޖެހޭ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ހަމާސް އިން އިސްރާއިލްގެ ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައިވާއިރު، ހަމާސްގެ ތަރުޖަމާނު ހާޒިމް ގަސަމް ވިދާޅުވީ، އިސްރާއިލްގެ ސެކިއުރިޓީ މިނިސްޓަރުގެ ވާހަކަތަކަކީ، ފަލަސްތީނުގައި އެމީހުން ހިންގަމުންދާ ޖަރީމާތައް އިތުރު ކުރުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އޭނާ ފާހަގަކުރި ފަދައިން މަސްޖިދުލް އަޤްސާއަށް އެއްވެސް ބަދަލެއް ގެނައުމަށް މަސައްކަތް ކޮށްފިނަމަ އޭގެ ހިތި ރަހަ ދެކެން ޖެހޭނެ ކަމަށް ހަމާސްގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

އިސްރާއިލްގެ ސެކިއުރިޓީ މިނިސްޓަރު، ގިލާޑްގެ ވާހަކަތައް މެދުއިރުމަތީގެ ޤައުމެއް ކަމަށްވާ ޖޯޑަން އިން ވެސް ވަނީ ކުއްވެރިކޮށްފައެވެ. ޖޯޑަން އިން މި ވާހަކަތަކާއި ގުޅިގެން ބުނެފައިވަނީ، އިސްރާއިލް އިން އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އެ ސަރަޙައްދުގެ ހަމަނުޖެހުންތައް ހީވެސް ނުކުރާހައި ބޮޑުވެގެން ހިނގައިދާނެ ކަމަށެވެ.

މަސްޖިދުލް އަޤްސާ މިސްކިތް ހުންނަ ޤުދުސް އަކީ ފަލަސްތީނުގެ ރަށެކެވެ. ނަމަވެސް ހައްދުފަހަނައަޅާފައިވާ އިސްރާއިލް ސަރުކާރާއި އެޤައުމުގެ ސިފައިންގެ އަނިޔާވެރި އަމަލުތަކާއެކު އެ ބިން ވަނީ މުސްލިމުންގެ އަތުން ފޭރިގަނެ، އެމީހުންގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅާފައެވެ. އެކަމުގައި އިސްރާއިލްއަށް އެންމެ ބޮޑަށް ވާގިވެރިވީ އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އެވެ. އިސްރާއިލުން ގުދުސް އެމީހުންގެ އަމިއްލަ ބިމެއްކަމަށް ހަދާފައި ވަނީ ބައިނަލްއަގުވާމީ ގާނުނު ތަކާވެސް ހިލާފަށެވެ.

ގުދުސަކީ އިސްލާމްދީނުގެ އެންމެ މާތް ތައުހީދު ދެނެގަތް ދެވަނަ ރަށެވެ. އެ ބިމަކީ ގިނަ އަދަދެއްގެ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުން އެ ބިމަކަށް އުފަންވެވަޑައިގެން ހުސްޠާހިރުވަންތަ ބިމެކެވެ. އަދި ކިރިތި ރަސޫލާ ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން ނަމާދު ކުރެއްވީވެސް ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގައެވެ. އެ ބިމަކީ ކީރިތި ރަސޫލާ އިޞްރާ ދަތުރުފުޅު ފެއްޓެވި ބިންވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ފޮނި

    ކޮންކަމެ ކުރެވެވެނީ

    7
    21
    • ޢައްދުއްރަސީދު

      މުކި ކަލަޭ ތީ ހާ ދަ ނުލަފާ މީހެކޭ. ކާފަރުންނާ އެއްކޮޅަށް ތިވާހަކަ ދައްކަނީ.

      25
  2. ޙަސަން އަޙުމަދު

    މުސްލިމުންތަ ގޮތްދޫނުކޮށްގެން މިއުޅެނީ. މުސްލިމުންގެ ބިންތައް ފޭރިގަނެގެން އެ މުޑުދާރު ޔަހޫދީން އުޅޭކަމަކަށް ޤަބޫލެއް ނުކުރެވޭ އޮތަ ؟މުކި ތީ، އެބައިގަނޑަށް ނިސްބަތްވާ މާތް ބޭފުޅެއް ދޯ؟

    46
    1
  3. ކުޑަބަޖަރާ

    އެންމެފުރަތަމަ އިންސާނަކީ އާދަމްގެފާނު . އެއީ މުސްލިމެއް. ދެން ހައވާގެފާނު ، އެއިވެސް މުސްލިމެއް. ދެން އެދެކަނބަލުންގެ ދަރިން އެވެސް މުސްލިމުން. ދެންކިހިނެއް އިސްލާމުންނަށް ވުރެ ކުރިން ޔަހޫދީން އެތަނުގައި އުޅެނީ. ތިމާއަށް ތަންދޮރު ނޭގެންޏާ މުކި މުއްޗޭ ނުކިޔާ ހުރެބަލަ.

    72
    2
  4. ޖިހާދު

    މުކި ކަލޭ އަށް އިސްލާމްދީންވެސް ނޭގެނީތަ ތިކަހަލަ މުނާފިގުން އުޅޭތީ މައްސަލަޔަކީ ތަނެއްދޮރެއް ނޭގުނަސް އަނގަ ކޮއްޕާތި

    21
  5. ގެރި

    މިއީ ސީދާ އިންޑިއާ އާއި ގުޅިގެން އިޒްރާއީލުން ފަށާ ޖަރީމާތައް މިމީހުން މިމީހުންގެ ގޮތް ދޫ ނުކުރާނެ. އިންޑިޔާއިން މުސްލިމުން ތަޅާ ހަފުސް އަރުވާއިރު އިޒްރާއިލުން އގެންދަނީ ތާޑް ޓެމްޕަލް ގެ މަސައްކަތް ފަށަމުން. ލާހިކައެއް ނޫން. އަޤްސާ މިސްކިތަކީ ހަމަ އެކަނި މުސްލިމުންގެ ތަނެއް ޔަހޫދީންގެ ތަނެއް ނޫން. އިޒްރާއީލަކަށް ދައްޖާލަކަށް ތަބައެއް ނުވާނެ. އިޒްރާއީލުގެ ނުބައި ރޭވުންތައް ފުނޑުފުނޑު ވެގެންދާނެ. މުސްލިމުންނަށް ނަސްރާ ކާމިޔާބު ދެއްވުން އޮތީ ވަރަށް ދާދި ގާތުގައި.

    15
  6. ޯނާހަމަ ތެދެއް..

    ހުރިހާ ރަސޫލުބޭކަލުންވެސް އަދި ނަބީބޭކަލުންވެސް ގޮވާލެއްވީ އިސްލާމްދީނަށް..އޭރުވެސް މިހާރުވެސް އިސްލާމްދީނަށް ވަދެއްޖެ ކޮންމެ މީހަކަށް މިކިޔަނީ މުސްލިމުން..ހަމައެކަނި ތަފާތަކީ ބާވައިލެއްވުނު ޝަރީއަތް...އިންސީންގެތެރެއިން ބިންމަތީގަ އެންމެ ފުރަތަމަ އުޅުއްވީ އާދަމްގެފާނާއި ހައްވާގެފާނު..މިދެބޭފުޅުންނަކީ މުސްލިމުން..ބާތިލު ދީންތަކެއް ގެނެސްގަތީ މާފަހުން..އެއީ އެންމެ ފަހުގެ ނަބިއްޔާގެ ކުރިން ފޮނުއްވުނު ރަސޫލުބޭކަލުންގެ މައްޗަށް ބާވައިލެއްވުނު ޝަރީއަތްތައް ބަދަލުކޮށްގެން..މިހާރު ފަލަސްތީނުގެ ބިމަށް ވެރިވެގެން އުޅޭ ޔަހޫދީންތަކަކީ މާފަހުން ޔޫރަޕުން އެމީހުންގެ އުނދަގޫ ބޮޑުވެގެން ބޭރުކުރެވުނު ބައެއް..ފަލަސްތީނުގެ ބިމުގަ މިބައިމީހުން ގެނެސް ވަޒަންވެރިކުރުވީ އިނގިރޭސިންނާއި އެމެރިކާއިން އަޑީގައޮވެ..އެއީ އަރަބި ޖަޒީރާ ބައިބައި ކޮށްލުމަށް ބޭނުންކުރި ކަތުރުފަނިތަކެއް..މަސްޖިދުލް އަޤުސާއަކީ ހަމައެކަނި މުސްލިމުންގެ ތަނެއް..އެތާނގެ ވަށައިގެންވާ ބިންތަކަކީވެސް..އެއީ ދުވަހަކުވެސް ޔަހޫދީން އަދި ނަސާރާއިންނަށް ބައި އަޅާފަ ދެވޭނޭ ތަންތަނެއްނޫން..މިބައިމީހުންގެ ކިބައިން މިބިމާއި މުސްލިމު އުއްމަތް ސަލާމަތްކުރުމަށް ދެވަނަ ސަލާހުއްދީންއަކަށް ބޭނުންވޭ...

    17
    1
  7. ދަންނާތި!

    إن شاء الله
    މިތަން މުސްލިމުންނަށް ލިބޭނެ، ދެން ޔަހޫދީން ދާނެ ތަނެއް ނެތްކަން ދަންނާތި!

    36
    1
    • ނަމަނަމަ 17 އޮގަސްޓް 2019

      މިހާރު ކެންނުކުރެވިގެން ކޮމެންޓް ވެސް ކުރަންފެށީތަ؟

      1
      14
      • ސާބަސް

        ސާބަސް ލާދީނީ ރަނައަޕް. ކަލޭމެންވެސް މާތްވި އިސްލާމްދީނަށް ޖޯކުޖަހަންޏާ މިގައުމުން ފާހާލާނަން. ރައީސް ޞާލިހަކީ ގިޔާމަތާއި ޖެހެންދެން ލާދީނީ މީހުންގެ މާސްކަށް ވެގެން ނުހުރެވޭނެ.

  8. ޞަޙީފާ

    "މުކި" އަށް އިސްލާމީ ތާރީޚް ކިޔަވައިދެންވެފައި މިއޮތީ!
    މަސްޖިދުލްއަޤްޞާ ފުރަތަމަ ބިނާކުރެވުނީ އާދަމްގެފާނުގެ ޒަމާނުގައެވެ. އެއަށްފަހު އިބްރާހީމްގެފާނާއި ލޫޠުގެފާނު އެ ބިމުގައި މާތް ﷲ ގެ ރިސާލަތަށް ގޮވާލެއްވެވިއެވެ. ތައުހީދުގެ ދިދަ އުފުއްލެވިއެވެ.

    ޔަޢްޤޫބްގެފާނާއި ޔޫސުފްގެފާނާއި އިބްރާހީމްގެފާނުގެ ދަރިކަލުން އިސްޙާޤްގެފާނާއި އިސްމާޢީލްގެފާނު އުފަންވެވަޑައިގަތީ މި ބިމުގައެވެ.

    ދާވޫދުގެފާނާއި ދާވޫދުގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު ވަނީ އެބިމުގައި އިސްލާމީ ވެރިކަން ކުރައްވައިފައެވެ. އީސާގެފާނު އުފަންވެވަޑައިގަތީ އެބިމުގައެވެ. ޢީސާގެފާނުގެ ކިބައިން ފެނުނު އިލާހީ މުއުޖިޒާތްތައް ފެނިގެންދިއައީ އެ ބިމުގައެވެ. ؟

    22
  9. އަސްތާ

    މީހުރިގޮތަށް ހުރިޔަހޫދީޢެއް ކަމަށްވާނީ..??

  10. ގުޅިގެން

    ތިއީ ވަރަށް ރަގަޅު ވާހަކައެއް. އެހެން ދީންތަކުގެ މީހުންވެސް އެތާ އުޅެންޖެހޭނެ. އަދި މުސްލިމުންވެސް.

  11. Anonymous

    އިސްލާމީ ތާރީޚް ރަނގަޅަށް ދެނެގަނެފައި ވާހަކަދެއްކުން ރަނގަޅު. މުސްލިމުން ބައިބައި ކުރަން ކާފިރުން އަޑީގައި ތިބެ ހަދަހަދައިގެން ދައްކާގާ ވާހަކައަށް ފުއްޓަތްކެއް ޖަހާލުމުން ހެއްލިގެން ދިޔުމަކީ ދެރަކަމެއް. ފަލަސްތީނަކީ އެއްވެސް އިރެއްގައި އިސްރާއީލްގެ ހިއްސާ އޮތް ތަނެއް ނޫން. އިސްރާއީލްގެ މީހުން އެމީހުނަށް ލިބުނު ނިޢުމަތްތަކަށް ޝުކުރުވެރި ނުވުމުން ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހުންނަކީ އަމިއްލަ ބިމެއް ނެތް ބައެއް ކަމަށް ހެއްދެވި ކަން ތިބޭފުޅާ ނުދެނަހުރިންތޯ؟ ފަހު ޒަމާނަށް އައިސް ކާފިރުން ބަލާނީ އަހަރެމެންގެ ސިކުނޑިތަކާ ކުޅެލެވޭތޯ، އެމީހުން ބުނާ ބަހަކަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސް ދޮގުކޮށް އެކަލާނގެ މަގަށް ފުރަގަސްދީގެން ނުވާނެ. ކާފިރުންގެ އެދުން ފުރިހަމަ ކޮށްދީ އެމީހުންނާއި އެއްބައިވުމީ އަހަރެމެން މުސްލިމުންނަށް ހުރި ދެރައެއް. އަހަރެމެންގެ މަގްސަދަކީ މި ދުނިޔޭގެ ވަގުތީ އުފަލެއް ނޫން. ނަމަވެސް އާޚިރަތުގެ ފަލާޙާއި ކާމިޔާބު. ފިރުޢައުނާއި ޤާރޫނާއި އެބައިމީހުން ނިމިދިޔަ ގޮތް ހަނދާން ނެތުނީތޯ؟ ޘަމޫދު ބާގައިގެެ މީހުން ނެތި ކުރެއްވިގޮތް ހަނދާން ނެތުނީތޯ؟