އީރާނުގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީގެ އިސްތިއުފާއަަށް ގޮވާލާ އެގައުމުގެ އަންހެނުންތަކެއް ފާޅުގައި ނުކުމެއްޖެއެވެ.
ނިއުކިލިޔާ އެއްބަސްވުމުގެ ސަބަބުން އެމެރިކާއިން ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ އީރާނުގައި 14 އަންހެނަކު ވަނީ ފާޅުގައި އެގައުމުގެ ރޫހާނީ ލީޑަރުގެ އިސްތުއުފާއަށް ގޮވާލާ ގަރާރެއްގައި ސޮއިކޮށްފައެވެ. އަދި މި ގަރާރަށް އިތުރު ޒުވާނުން ތަކެއްގެ ތާއީދާއި ސަޕޯޓު ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ސަރުކާރާއި ދެކޮޅަށް ނިކުމެގެން އަހަރުމެންނަށް އިގޭ އަހަރުމެންނަށް ދެން ވާނެ ގޮތް މިދިޔަ 40 އަހަރު މިތިބީ އެތަށް ހައްގުތަކަކުން މަހުރޫމު ވެފައި ބޮޑު ޖަލެއްގައި ބަންދުވެފައި " ގަރާރުގައި ސޮއިކުރި މީހުން ބުނެއެވެ.
އެމީހުން ވަނީ އީރާނުގައި އާ ގާނޫނު އަސާސީއެއް އެކުލަވާލަން ވެސް ގޮވާލާފައެވެ.
އީރާނުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މިއީ އެމެރިކާ އަދި ހުޅަނގުގެ އެހެން ގައުމުތައް އަޑީގައި ތިބެގެން ރޯކުރަމުންދާ އަލިފާން ގަނޑެއް ކަމަށެވެ.
އެމެރިކާއިން ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުންވަކިވެ މެދުއިރުމަތީގެ އެންމެ ބާރުގަދަ ގަައުމަށް ވަމުންދާ އީރާން ކޮންމެ ވެސް ގޮތަކުން ނައްތާލާާށެވެ.
އެމެރިކާއިން ވެސް ވަނީ އީރާނުގެ ނުރައްކާ ބޮޑުވެއްޖެ ކަމަށް ބުނެ ގަލްފް ކަނޑަށް މަނަވަރުތަށް ފޮނުވާފައެވެ. އީރާނުން ބުނެފައި ވަނީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.
ބައްޝާރާ ދެކޮޅަށް ހުޅަގުން ހިތްވަރުދީގެން އެޤަވްމުގެ ރައްޔިތުން ނެރެ ސަރުކާރާ ދިމާކުރީމާ ސީރިޔާ ވީ ހަނާތޯ ނުވަތަ ކުރިއެރީތޯ ވިސްނާލާފަ މި އަންހެނުންތައް ގެޔަށް ވަންނުމަށް ގޮވާލަން.
ދާހިލީ ހަމަނުޖެހުމުގެ ހުޅު ރޯކުރާތަން ފެނިގެން މިދަނީ. ސީދާ އެމެރިކާގެ މަޅީގަ ގައުމުގެ ވަކިބަޔަކުޖެހި އީރާންވެސް ފުނޑުމުގެ ކޮޅުމަތި ފެށެނީ.
އިރާނު ވީ ހަމަ ހިރަފުހަށް ހަދާލަން
މިވާނީ ރަނގަޅައްވިއްޔާ އީރާންގަތިބި ދޮންމީހުންއުޅޭހެންއުޅެންބޭނުންވާ ބައިގަނޑުގެތެރެއިން ބަޔަކައް މިކަހަ މީހުންނާހެދި ޤައުމުތަެް ހަލާކުވެދަނީ އެންމެފަހުން އީރާނު ހަލާކު ކުރަން ޔަހޫދީންގެ އެންމެފަހުމަޅިމިޖެހީ މިކަމައްހެއްލިގެން އީރާނުގެރައްޔިތުން މިމަޅީގަނުޖެހުމައްއެދެން
ހުޅަގުން އެމީހުންގެ ވިޔަފާރި ފުޅާކުރުމަށް، މެދުއިރުމަތި ހަލާކު ކުރުމުގެ ސިޔާސަތު.
ތަންތަން ފަސާދަކުރުމަށް މުގުލުގައިތިބޭނީ އަންހެނުން. މިކަމަށް ތާރީހު ހެކިދޭ. އަމިއްލަ ކަންކަށީގައި ތެޅޭއިރުވެސް ނޭނގޭ މިމީހުނަށް
ދޯ...މާރިޔާ، އީވާ، ރޮޒައިނާ، މޭޔަރު ޝިފާ،ވެލެޒިނީ، ޑރ. އައިޝަތު އަލީ،.....
ނަރަކާގަވެސް އަންހެނުން ގިނަވާން ޖެހުނީ ސަބަބެއް އޮވެގެން.
ދެން ބުއްދީގެ އަހުލުވެރިން ވިސްނާ ފިކުރުކުރޭ.