ކެންޔާގައި ރަންވޭ މައްޗަށް އުޅުނު މަތިންދާ ބޯޓެއް ޖަނަވާރުތަކެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މިހާދިސާ ހިންގާފައި މިވަނީ މިހަފްތާގައި މަތިންދާ ބޯޓުތަށް ހިމެނޭ ގިނަ އެކްސިޑެންޓްތައް ހިންގަމުން ދަނިކޮށްކަން ފާހަގަކުރެވެއެވެ. މި ހާދިސާ ހިންގަން މެދުވެރިވީ ރާއްޖޭގައި ވެސް ބޭނުން ކުރާ ކަހަލަ ޑޭޝް 8 ގެ މަތިންދާ ބޯޓެއް ނައިރޯބީގެ ޖަނަވާރު ޕާކެއްގައި އޮތް އެއާޕޯޓަކަށް ޖައްސަން އައި ވަގުތު ރަންވޭ މަތީގައި އޮތް ދެ ގެރިއެއްގައި ޖެހިގެންނެވެ.

ސަފާރީ ލިންކް ކިޔާ ޓުއާ ކުންފުންޏަށް ނިސްބަތްވާ މި ބޯޓު ދެ ގެރިއެއްގައި ޖެހުމުން ބޯޓަށް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. އެކްސިޑެންޓުގައި ދެ ގެރި އެއް މަރުވި އިރު ސިންޖަރުންނާއި ޕައިލެޓުންނަށް ގެއްލުމެއް ނުވެެއެވެ. ގެރިތަށް މަރުވީ ބޯޓުގައި ޖެހި ލިބުނު ޒަހަމުތަކުންނެވެ.

ގެރިތަކުގައި ޖެހި އެކްސިޑެންޓްވުމުގެ ސަބަބުން ބޯޓުގެ ކުރީ ފުރޮޅުވެސް ވަނީ ނެއްޓިފައެވެ. މި ހާދިސާ ނައިޖީރިޔާގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރިސްތާން

    ތިބޯޓުގަ އިންޑިޔާގެ ހިންދޫއަކު އިންތޯ ބަލާލަބަލަ..

    8
    1
  2. ހުސޭނުބޭ

    ސުރުހީ ކިޔާފައި މަ ހީކުރީ މޯދީމެން މިހާރު ގެރިވެސް އުދުއްސަނީކަމަށް!

  3. މޯހީ

    މޯދީއަށް ހާޓްއެޓޭކެއްވެސް ޖެހިދާނެނު

    8
    1