ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ އަނބިކަނބަލުން، ވިނީ މަންޑޭލާ އަވަހާރަވެއްޖެއެވެ.

މަންޑޭލާގެ އަނބިކަނބަލުން އަވަހާރަވީ އުމުރުފުޅުން 81 އަހަރުގައެވެ.

ވިނީ މަންޑޭލާގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެކަމަނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ކަމަށެވެ. އެގޮތުން މިއަހަރު ފެށުނީއްސުރެ އެކަމަނާ ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

1958 ވަނަ އަހަރު ނެލްސަން މަންޑޭލާ އާއި ވިނީ ކައިވެނި ބައްލަވައިގަތް އިރު، ކައިވެނީގެ ގިނަ ދުވަސްތައް ނެލްސަން މަންޑޭލާ ހޭދަކުރައްވަން ޖެހިވަޑައިގެންނެވީ ޖަލުގައެވެ. ނެލްސަން މަންޑޭލާ މިނިވަން ކުރުމަށް ވަރަށް ބޮޑަށް ވިނީ މަސައްކަތް ކުރެއްވިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 1990 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ނެލްސަން މަންޑޭލާ ވަނީ ޖަލުން މިނިވަން ވެފައެވެ.

އެކްޓިވިސްޓަކު މަރާލި ކަމުގެ ތުހުމަތުގައި 1991 ވަނަ އަހަރު ހަ އަހަރު ދުވަހުގެ މުއްދަތަކަށް ވިނީ ވަނީ ޖަލަށް ވެސް ލާފައެވެ. ނަމަވެސް އިސްތިއުނާފް ކުރުމުން އެ ހުކުމުގެ މުއްދަތު ފަހުން ވަނީ ކުޑަކޮށްދީފައެވެ.

ވިނީ އާއި ނެލްސަން މަންޑޭލާގެ ކައިވެނި ނިމުމަކަށް އައީ 1992 ވަނަ އަހަރުއެވެ. އަދި އޭގެ ތިން އަހަރުފަހުން ކޮރަޕްޝަންގެ ތުހުމަތުގައި މަންޑޭލާ ވަނީ އޭނާގެ ކެބިނެޓުން ވިނީ ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢެދެމީހުންގެ ދަރިއަކުނެއްތަ

  2. ޢެހެންވީއިރު މަންޑޭލާގެ އަނބިކަބަލުން ނޭ ލިޔެގެން ނުވާނެ ތޯއްޗެ