ލީބިއާ އޭ ބުނެފިނަމަ ކޮންމެ މީހަކަށް ވެސް އެގޭނީ އެމަކުމަކީ ލީބިއާގެ ކުރީގެ ޒައީމު މުއަމަރު ގައްޒާފީ ދިގު ވެރިކަމެއް ކުރެއްވި މެދުއިރުމަތީގެ ބާރުގަދަ ގައުމެއްގެ ގޮތުގައެވެ.

ނަމަވެސް މީނޫން ގޮތަކުން ވެސް ލީބިއާ މަޝްހޫރު ކަމެއް އެބައޮތެވެ. އެއީ ލީބިއާގެ ފެއްޒާން އަވަށުގައި އޮންނަ މި ރީތި ފެންގަނޑުގެ ސަބަބުނެވެ. ކޮންމެ އަހަރު އެތަށް ސަތޭކަ ފަތުރުވެރިނެއް މި ފެންގަނޑު ބަލަން ލީބިއާއަށް ޒިޔާރަތް ކުރެވެ.

"އުބަރި" ނަމުން ނަންދީފައިވާ މި ފެންގަނޑު އޮތް މި ސަހަރާއަކީ މީގެ 200000 އަހަރު ކުރިން ބޮޑު ކޯރެއް އޮތް ތަނެއް ކަމަށް ދިރާސާތަކުން ހާންމަވެއެވެ. މި ކޯރުތަށް ޗެކް ރިޕަބްލިކް ވަރުވެއެވެ.

މީގެ ކުރިން 120000 އަކަށް ކިލޯމީޓަރުގެ މި ކޯރު ބޮޑު ސަހަރާއަކަށް ބަދަލުވެ މި ސަހަރާގެ މެދުގައި ފެންގަނޑެއް އުފެދުނީ މީގެ 5000 ވަރަކަށް އަހަރު ކުރިން މޫސުމަށް އައި ބަދަލު ތަކުން ކަމަށް ދިރާސާތައް ކުރާ ފަރާތްތަކުން ބުނެއެވެ.

"އުބަރި" ނަމަކަށް ކިޔާ މި ފެންގަނޑަށް ވުރެން އިތުރު 20 ކުދި ފެންގަނޑު ތަކެއްވެސް މި ސަހަރާގެ އެކި ހިސާބުތަކުގައި ވެއެވެ.

ލީބިއާ އަށް ފަތުރުވެރިން ޒިޔާރަތް ކުރާ ކޮންމެ ފަހަރަކު މި ފެންގަނޑު ތަކާއި ހަމައަށް އެމީހުންނަކަށް ނުދެވެއެވެ. ސަބަބަކީ ލީބިއާގައި މި ސަރަހައްދަކީ ދޭތެރެ ދޭތެރެއިން ވެލީގެ ބާރުގަދަ ތޫފާން އަންނަ ތަނަކަށް ވާތީއެވެ. އެހެން ނަމަވެސް ފަތުރުވެރިންނަށް މިތަނަކަށް ދެވޭ ފަހަރު ފެންގަނޑު ކައިރީ ކޭންޕް ކުރެެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގިޓާ

    ލީބިޔާގެ ޓޫރިޒަމް އިޝްތިހާރު ކުރާމ މީހުން އަމިއްލަޤައުމު އިޝްތިހާރުކުރުން މާރަގަޅުވާނެ

    1
    12
  2. ގިޓާ

    ށ ނަލަންދޫ ކުޅިތަގުގެ ޙަޤީޤަތް ވެސް ލިޔެލިނަމަ!!

    10
  3. Anonymous

    ލީބިއާ އޭ ބުނެފިނަމަ ކޮންމެ މީހަކަށް ވެސް އެގޭނީ އެމަކުމަކީ އަކީ ކޮބާ؟