ހައްދު ފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ފަަލަސްތީންގެ ޣައްޒާއަށް ރޭ ދިން ވައިގެ ހަމަލާތަކުގައި ފަސް މީހުން ޝަހީދުވި ކަމަށް ޣައްޒާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް ޣައްޒާ" އިން ބުނެފިއެވެ.
އިސްރާއީލުން ރޭ ވަނީ ޣައްޒާ އާއި އިސްރާއީލް ވަކިކުރާ ބޯޑަރު ކައިރިއަށް ވަރަށް ގިނަ ވައިގެ ހަމަލާތައް ދީފައެވެ. ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ.
އިސްރާއީލްގެ ބޮން އަޅާ ޖެޓްތަކުން ޣައްޒާއަށް ވައިގެ ހަމަލާތައް ދިނުމުގެ އިތުރުން އިސްރާއީލްގެ ޓޭންކަރުތަކުން ވެސް ޣައްޒާއަށް ހަމަލާތައް ދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުން ރެ އާއި އިއްޔެ ރޭ ޣައްޒާއަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމާސް ޖަމާޢާތުގެ އަމާޒުތަކަށް ކަމަށް އިސްރާއީލުން ބުނެއެވެ. ޣައްޒާއަށް ހަމަލާދޭން އިސްރާއީލުން ބޭނުން ކުރާ އުޒުރަކަށް އަބަދުވެސް ހަދަނީ ހަމާސް ޖަމާޢަތެވެ.
އިސްރާއީލުން ބުނާ ގޮތުގައު ޣައްޒާ އިން ވަނީ އިސްރާއީލަށް އަމާޒުކޮށް ތިން ރޮކެޓް ހަމަލާއެއް ދީފައެވެ.
ހޮނިހިރު ދުވަހު ޣައްޒާ އިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާއެއްގެ ސަބަބުން އިސްރާއީލްގެ ތިން މީހަކު ޒަހަމްވި ކަމަށް އިސްރާއީލުން ބުނެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފާއިތުވި ދެ ދުވަސް ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާއަށް މުދާ އެތެރެ ކުރުމަށް ބިމު އަޑިން ހަދާފައިވާ ދެމަގެއް ހަލާކު ކޮށްލާފައި ކަމަށް އިސްރާއީލުން ބުނެއެވެ.
އިސްރާއީލް ސިފައިން ޣައްޒާ ހިސޯރުކޮށް ޣައްޒާއަށް އެއްވެސް މުދަލެއް ވެއްދުން މަނާކޮށްފައި އޮންނާތީ ޣައްޒާއަށް މުދާ ވައްދަނީ ބިމުގެ އަޑިން ކޮނެފައި ހުންނަ މަގުތައް ބޭނުން ކޮށްގެންނެވެ.
މީކޮންމެއަނހަރަކުވެސް ޔަހޫދީންހިންގަމުންއަންނަ ޢުދުވާންތަކުގެތެރެއިންބައެއް މިތަނެއްނުފެންނާނެ ދުނިޔޭގެބޮޑަތި ޤައުމުތަކަކައް އަނދިރިވާނެ
އެމީހުންނަށް ދުއްޕާންކޮށް އެމީހުންގެ ޒުވާނުން މަރާފައި އުފަލުން ތިބެވޭނެހެން ހީވޭތަ؟ އެއީ ކޮންބައެއްކަން ކަލޭމެންނަށް ދަސްވާނީ ކޮންދުވަހަކުން؟
އަލްހަމްދުﷲ